އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާތަނަށް 850 ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިހާތަނަށް 850 ރުފިޔާ މަސްވެރިންނަށް ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިހާތަނަށް 850 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި، މަސްވެރިންނަށް ފައިސާ ދޫކުރަމުންދޭތޯ އާއި އެ މީހުންނަށް މިހާތަނަށް ކިހާ ފައިސާއެއް ދޫކުރިތޯ ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ވެސް 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތް ކަމަށާއި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"ﷲގެ އިރާދަފުޅުން މިއަދު ވާހަކަ ދައްކާއިރުގައި މަސްވެރިންނަށް މިހާތަނަށް، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ އަދަދުތަކުން، 850 މިލިއަން ރުފިޔާ ދެއްކިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިވަގުތުވެސް މަސްވެރިންނަށް 27 މިލިއަން ރުފިޔާ ދޭން އެބަހުރި ކަމަށާޢި އެ ފައިސާވެސް ދީ ޚަލާސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު