އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސް ޕްރޮސަސްކުރާ އައު 2 ފެކްޓްރީ އާއިއެކު އަހަރަކު 80000 ޓަނަށްވުރެ ގިނަ މަސް ބަންދުކުރެވޭނެ!

މަސް ޕްރޮސަސްކުރާ އައު 2 ފެކްޓްރީ އާއިއެކު އަހަރަކު 80000 ޓަނަށްވުރެ ގިނަ މަސް ބަންދުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މަސް ޕްރޮސަސްކުރާ އައު 2 ފެކްޓްރީ އާއިއެކު އަހަރަކު 80000 ޓަނަށްވުރެ ގިނަ މަސް ބަންދުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވިދާޅުވީ ރާއްޖޭގައި އަހަރަކު 128،000 ޓަނުގެ މަސް ބާނާއިރު، މީގެ ތެރެއިން އަހަރަކު ބަންދުކުރެވެނީ ގާތްގަނޑަކަށް 32،000 ޓަނުގެ ކަޅުބިލަ މަސް ކަމަށެވެ. ނަމަވެސް އައު ކާރުޚާނާތަކައެކު އެޢަދަދު 80،000 ޓަނަށްވުރެ އިތުރުވާނެކަމަށެވެ.

ޑރ. ސިނާން ވިދާޅުވީ އަލަށް ޤާއިމްކުރާ މަސް ޕްރޮސަސިން ޕްލާންޓްތައް ޤާއިމްކުރެވެނީ ހިންގުމަށްކުރާ ޚަރަދު ވީހާވެސް ކުޑަ ވާނެގޮތަށް ކަމަށެވެ. އެގޮތުން އެތަންތަން ތަރައްޤީކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ފެންވަރަށް ކަމަށް ވިދާޅުވިއެވެ. އަދި އެތަންތަނުގައި ބޭނުންކުރާނީ އިޢާދަކުރަނިވި ހަކަތަކަމަށްވެސް ޑރ. ސިނާން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މަސް ދަޅު ބަންދުކުރަނީ ދެ ތަނަކުންނެވެ. އެއީ ފެލިވަރު މަސް ބަންދުކުރާ ކާރުޚާނާއާއި ލ. މާންދޫގައި ހުންނަ ފެސިލިޓީންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު