އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނައަށް ކައިވެނިކުރި އަނބިމީހާއަށް ފެނުނު އާދައާޚިލާފް ބިރުވެރި ކަންތައްތަކެއްގެ ވާހަކަ- ހިތްދަތިކަމުގަ އުޅެންޖެހިފައިވާ އަނބިންނަށް މުހިންމު ފިލާވަޅެއް!

ދެވަނައަށް ކައިވެނިކުރި އަނބިމީހާއަށް ފެނުނު އާދައާޚިލާފް ބިރުވެރި ކަންތައްތަކެއްގެ ވާހަކަ- ހިތްދަތިކަމުގަ އުޅެންޖެހިފައިވާ އަނބިންނަށް މުހިންމު ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

އެއްފަހަރު ނަމަވެސް ކައިވެނިކޮށްފައި ހުރި މީހަކާއި ކައިވެނިކުރާނަމަ ކައިވެނިކުރުމުނގެ ކުރިން އޭނާގެ ޙަޤީޤަތް ދެނެގަނެވެން އޮތް އެންމެ ބޮޑަކަށް ދެނެގަންނަން މަސައްކަތްކުރަންޖެހޭނެ ކަމަށް ބުނަންޖެހެނީ ސަބަބުތަކެއް ހުންނާތީއެވެ. އެކަމަށް ފަރުވާކުޑަކޮށްލައިފިނަމަ ބޮޑެތި ދެރަތައް ލިބޭކަން އެނގޭއިރުވެސް ސަމާލުކަން ދެވެނީ މަދު މީހަކަށެވެ. ތިރީގައިވާ ވާހަކައަކީ އެގޮތުން ވަރަށް ރަނގަޅު ފިލާވަޅެކެވެ.  

އޭނާއަކީ ބަލާލަން ރީތިމީހެކެވެ. ފުދޭވަރެއްގެ ތަނަވަސްކަންވެސް ހުރި މީހެކެވެ. އޭނާ ބުނީ އޭނާ ކައިވެނިކުރިތާ އަހަރުވެސް ނުވަނީސް އަނބިމީހާ ނިޔާވެފައިވާކަމަށެވެ. ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅެފައިކަމަށާއި ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނީ ކަމަށެވެ. އެއިގެފަހުން އުޅެމުންދަނީ ވަރަށް ހިތްދަތި ދިރިއުޅުމެއް ކަމަށެވެ. 

އެބާވަތުގެ ވާހަކަތައް ދައްކާފައި އަހަރެންނާއި ކައިވެނިކުރަން ބޭނުންކަމަށްވެސް ބުންޏެވެ. ހަމައެކަނި ދުލުން ބުނީއެއް ނޫނެވެ. ހަދިޔާވެސް ފޮނުވައެވެ. އިރުއިރުކޮޅުން ފޯނުވެސް ކުރެއެވެ. ޙާލުބަލައެވެ. ކަމަކަށް ދަތިވެފައިހުރިތޯވެސް ސުވާލުކުރެއެވެ. އޭނާ އެގޮތަށް ކަންތައް ކުރާތީ އޭނާ ދައްކާ ވާހަކަތައް ޤަބޫލުކުރެވި ކައިވެނިކުރީމެވެ. 

ކައިވެނިކޮށްގެން ދިރިއުޅެމުން ދިއައީ އޭނާގެ ގޭގައެވެ. ފުރަތަމަ މަހެއްހައި ދުވަހު ކަންކަން ދިއައީ ވަރަށް ރަނގަޅަށެވެ. އެއިގެފަހުން ފިރިމީހާ އަހަރެންނާއި ދުރުހެލިވާން ފަށައިފިއެވެ. އެކުގައި ހޭދަކުރާ ވަގުތަކުގައިވެސް އަހަރެންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނާކުޅެން ފަށައިފިއެވެ. ލޯބިން ވާހަކަދައްކައި އުޅުނު ޢިބާރާތްތައް ބަދަލުވާންފަށައިފިއެވެ. 

އެއްރެއެއްގައި ފެނުނު ހުވަފެނެކެވެ. ގޭގައި ބަހައްޓާފައިހުރި ލޯގަނޑެއްގައި އިންނަ ފޮޓޯއިން ފެންނަ އޭނާގެ އަނބިމީހާ ގޭ އަސްކެނިދޮށުގައިހުރެގެން ހަމަ ރޮނީއެވެ. އެތައް އިރެއްވަންދެން ރޯންހުރެފައި ދިއައީއެވެ. ހޭލެވުމުން ވަރަށް ދެރަވިއެވެ. ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. އަނެއްކާ ފިރިމީހާ އޭނާ މަރައިލީ ނޫންބާވައެވެ! މިކަމުގައި ކޮންމެވެސް ސިއްރުތަކެއް އެބަވާކަން ހިތަށްވަނެވެ. އޮޅުން ފިލުވަން މަސައްކަތްކުރަން ޖެހޭނެކަން ވިސްނުނެވެ.

އެއިގެ ހަފްތާއެއްހައި ދުވަސް ފަހެވެ. އެއްރޭ 10 ޖަހާއެހާކަންހާއިރު ސިޓިންގރޫމްގައި އިންދާ ކުޑަކޮށް ނިދިޖެހުނެވެ. އެއީ ފެނުނު ހުވަފެނެއްކަމެއް ނުވަތަ އަސްލެއްކަން ބުނާކަށް ނުއެނގެއެވެ. ފެނުނީ ކަޅުކުލަ ގަދަ ވާލެއް އުދުހިފައި އައިސް ގެއަށް ވަންތަނެވެ. އޭތި މަޑުކޮށްލީ އަހަރެންގެ ކުރިމަތިން ތަޅުމުގައެވެ. ދެން ފެނުނީ ކުރިންބުނި އަންހެންމީހާއެވެ. އޭނާ ބުންޏެވެ. "އޭނާ އަހަރެން މަރައިލީ ވަޅިއަކުން ކަރުބުރިކޮށްލައިގެނެއް ނޫނެވެ. ޒަހަރުދީގެނެއްވެސް ނޫނެވެ. ހިތަށް އަނިޔާކުރަމުން ގޮސް އަހަރެންގެ ހިތްހުއްޓުވާލައިގެންނެވެ. ހާޓްއެޓޭކެއްޖެހި އަހަރެން ހޭނެތިގެން ވެއްޓުމުންވެސް އަހަރެންގެ ވިންދު ކެނޑެންދެން ޑޮކްޓަރަށް ނުގެންގޮސް ބޭއްވީއެވެ. އަހަރެންނާއިމެދު އޭނާ ކަންތައްކުރީ މިހެން ނޫންތޯ ކަލޭ ނިކަން ކަލޭގެ ފިރިމީހާކުރެން އަހައިބަލާށެވެ! މިހާރު ކަލެއަށް ތިއަފެންނަނީ ހަމަ އެމަންޒަރެވެ. ކަންތައްތައް އެކުރަނީ އަހަރެންނާއިމެދު ކަންތައްކުރިގޮތަށެވެ. ކެތްކުރަން ބޭނުންނަމަ ކެތްކުރާށެވެ." އެހިސާބުން އެނާ ގެއްލިއްޖެއެވެ. 

އެއީ ފެނުނު ހުވަފެނެއްކަމަށްވީނަމަވެސް އަދި ނުވިނަމަވެސް ޙަޤީޤަތް ހޯދަން މަސައްކަތްފެށީމެވެ. އެއީ ފިރިމީހާގެ ކުރީގެ އަނބިމީހާ މަރުވި ގޮތްކަމަށް ފިރިމީހާ ބުނި ގޮތާއި އޭނާ އެބުނާގޮތް ވަރަށް ބޮޑަށް ތަފާތުވުމުންނެވެ. 

ވަރަށް މަސައްކަތުން އަނބިމިހާގެ ޢާއިލާގެ މީހުން ހޯދީމެވެ. އެނާގެ ދައްތައާއި ބައްދަލުކުރީމެވެ. އަދި ކޮއްކޮ މަރުވި ގޮތާއިމެދު ސުވާލުކުރީމެވެ. އޭނާ ކިޔައިދިނީ ހަމަ އެއަންހެންމީހާ ކިޔައިދިން ގޮތަށެވެ. ބުނީ ކޮއްކޮ ހޮސްޕިޓަލަށް ގެންދިއައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެސް ބުންޏެވެ. ހޮސްޕިޓަލަށް ނުގެންދެވި ލަސްވީ އެއިރު ގޭގައި ނެތުމުން ކަމަށާއި ގެއަށް އާދެވުމުން ވެއްޓިފައި އޮއްވައި ފެނިގެން އަވަހަށް ގެންދިއައީ ކަމަށް ފިރިމީހާ ބުނިކަމަށްވެސް ބުންޏެވެ. 

އެހިސާބުން އަހަރެން އާދޭސްކޮށްގެން އޭނާ އާއި ވަކިވީއެވެ. ދެވަނަ ކައިވެނިކޮށް ދިރިއުޅެން ފެށީއެވެ. 

މިއީ އެކުވެރިއަކު އަޅުގަނޑާއި ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާމިކުރީ މިވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތްކެއް އެބަހުރިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ. ކައިވެންނަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުޅުން ބަދަލުވާ ފިރިންނާއިމެދު ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. ނޫންނަމަ ހަމަ މިފަދަ ދެރަ ގޮތްތައް މެދުވެރިވުމަކީވެސް ހަމަ ވަރަށް ގާތް ކަމެކެވެ. އެފަދަ މީހުންގެ ހިތުގައި އަނބިމީހާއަށް ލޯތްބެއް ކުލުނެއް ނުހުންނާނެއެވެ. ބޭނުންވާނީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ ހިތް އުފާކޮށްލުމަށެވެ. 

- ތަހޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް