އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުލާސަމުސަލުން ކެޔަސް ވައަތުން ނުކާށެވެ! ޝައިޠޯނާ ކަނީ ވައަތުންނެވެ!

އުލާސަމުސަލުން ކެޔަސް ވައަތުން ނުކާށެވެ! ޝައިޠޯނާ ކަނީ ވައަތުންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 45 ސިކުންތު

އިސްލާމް ދީނުގައި ކަންކަން ލައްވަވާފައިވަނީ އެމީހާގެ ޙާލަތުގެ މައްޗަށެވެ. ސުންނަތުގައި އޮތީ ކަނައަތުން ކެއުމެވެ. އެހެނަސް އެމީހަކަށް ދިމާ ކަމެއްގެ ސަބަބުން ކަނައަތުން ކެވެން ނެތްނަމަ އެޙާލަތުގައި ވައަތުން ކެއުމަކީ މައްސަލައެއް ނޫނެވެ. އެކަން ވަނީ ހުއްދަވެގެންނެވެ. 

("فعَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ” لا يَأْكُلَن أَحَدٌ مِنْكُمْ بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِهَارواه مسلم ( 2020 )

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވެވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު ވާ އަތުން ކައި ނުހަދާށެވެ. އަދި ވާ އަތުން އެއްޗެތި ބޮއި ނުހަދާށެވެ. ހަމަކަށަވަރުން ޝައިޠާނާ ކައި ބޮއި ހަދަނީ ވާއަތުންނެވެ." 

ނަމަވެސް ބަލި ޙާލަތު ހުރި ގޮތުން ކަނާ އަތުން ކެއުމަށް ޢުޛުރުވެރި ވެއްޖެ މީހާ ވާ އަތުން ކައި ބޮއި ހެދުމަކުން މައްސަލަ އެއް ނެތެވެ. 

މުސްލިމުންވެސް އުލާއި ސަމުސަލުން ކައި ހަދައެވެ. އަދި އެއީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫން ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. މުހިންމު ކަމަކީ ޣައިރު މުސްލިމުން ކައި ހަދާ ފަދައިން ވައަތުން ނުކެއުމެވެ. ވައަތުން ކައިބޮއި ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އޫ ނަމަވެސް ސަމުސާ ނަމަވެސް އަނގއަށް ލާންވާނީ ކަނާއަތުން ހިފުމަށްފަހު ކަނާއަތުންނެވެ. ކަނައަތުން ބޭނުންކުރާ އެއްޗެކެވެ. އަދި ހަމަ އެއާއެކު ކާން ޖެހޭނީ ތަށީޣެ ތިމާ އާއި އެންމެ ގާތުންކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުންވެސް މިކަން އެނގިގެންދެއެވެ. 

(ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك، وَكُلُّ مِمَّا يَلِيكرواه البخاري ( 3576 ) ومسلم : 2022 

މާނާއަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން ރިވާ ވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަ ކުއްޖަކު ކަމުގައި ތިމަންނާ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާ އެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާ އަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް