އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޭލުންތެރިވުމުގެ އިތުރުން ބިރުވެތިވެސްވަމާ!: އެންގޭޖްވެފައިވީނަމަވެސް ދެމީހުން އެކަހެރިވެއްޖެނަމަ 3 ވަނަ ފަރާތަކަށް ޝައިޠޯނާ އެތަނުގަ ހުންނާނެ!

ހޭލުންތެރިވުމުގެ އިތުރުން ބިރުވެތިވެސްވަމާ!: އެންގޭޖްވެފައިވީނަމަވެސް ދެމީހުން އެކަހެރިވެއްޖެނަމަ 3 ވަނަ ފަރާތަކަށް ޝައިޠޯނާ އެތަނުގަ ހުންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 18 ސިކުންތު

ޒަމާން ބަދަލުވެއްޖެކަމަށްބުނެ އިސްލާމްދީނުގެ ކަންކަންކަމުގެތެރެއިން ބަދަލުގެނެސްގެން އުޅޭ އެއްކަމަކީ ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިވުމެވެ. އެކަހެރިކޮށް ބައްދަލުކުރުމެވެ. މިހާރަކަށް އައިސް މަދު ޢާއިލާއަކުން ފިޔަވައި މައިންބަފައިންވެސް އެކަމަށް ސަމާލުކަމެއް ނުދެއެވެ.  

އެހެންކަމުން އެކަމުގެ ޝަރުޢީ ޙުކުމަށް ބަލައިލަމާ ހިނގާށެވެ!  

يحرم الخلوة بالمخطوبة  لأنها محرّمة على الخاطب , حتى يعقد عليها , ولم يَرِد الشرع بغير النظر, فبقيت على التحريم ولأنه لا يؤمن مع الخلوة مواقعة ما نهى الله عنه, فإذا وجد محرم جازت الخلْوة, لامتناع وقوع المعصية مع حضوره , فعن جابر رضى الله عنهأن النبي صلى الله عليه وسلم قال: (( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) 1 . وعن عامر بن ربيعة رضى الله عنه قال: قال رسول صلى الله عليه وسلم (( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم ))2  = رواه أحمد =  

މާނަ: ކައިވެނިކުރުމަށް ޚިޠާބު (އެންގޭޖް) ކުރެވިފައިވާ އަންހެން ކުއްޖަކާއިއެކު އެކަހެރިވުން ޙަރާމްވެގެންވެއެވެ. އެހެނީ އެއަންހެން ކުއްޖާ ވާހުށީ އޭނާއާއި ކައިވެނި ކޮށްފުމަށް ދާންދެން އޭނާއަށް ހުއްދަ ނޫން މީހެއް ކަމުގައެވެ. އިސްލާމީ ޝަރީޢަތުގައި އެއަންހެން ކުއްޖާއަށް ބަލާލުން (އެބަހީ: މޫނާއި ދެއަތްތިލަ) ފިޔަވައި އެހެންކަމެއް ވާރިދުވެގެން ނުވެއެވެ.  

އެހެންކަމުން އެކަން (އެންގޭޖް ކުރެވިފައިވާ އަންހެން ކުއްޖާއާއި އެކު އެކަހެރިވުން) ޙަރާމް ކަމެއްކަމުގައި ދެމިއޮތީއެވެ. އެހެނީ ދެމީހުން އެކަހެރިވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެވޭނެކަމުގެ އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ފަހެ މަޙްރަމަކު (އެބަހީ: އަންހެން ކުއްޖާއާއި ކައިވެނި ޙަލާލު ނުވާ ފިރިހެނަކު) އެތާނގައި ހުރެއްޖެނަމަ ދެމީހުން އެކުގައި ތިބުން ހުއްދައެވެ. އެއީ އޭނާ ހާޒިރުވެގެންވާ ޙާލު އުރެދުމަކަށް އަރައިގަތުން މަނާވެފައި ވާތީއެވެ.  

ޖާބިރު رضى الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލު  صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (( مَنْ كاَنَ يُؤْمِنُ بِاللهِ وَالْيَوْمِ اْلآخِرِ , فَلاَ يَخْلُوَنََّّ بِامْرَأَةٍ لَيْسَ مَعَهَا ذُوْ مَحْرَمٍ مِنْهَا , فَإِنَّ ثَالِثُهُمَا الشَّيْطَانُ )) رواه البخاري.  

މާނައީ: "ފަހެ ﷲ އަށާއި ޤިޔާމަތް ދުވަހަށް އީންމާވާ މީހަކު، ހިލޭ އަންހެނެއްގެ މަޙްރަމަކާއި ނުލައި އެކަނބުލޭގެއާއި އެކު އެކަހެރިނުވާ ހުށިކަމެވެ. ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ."  

ޢާމިރު ބިން ރަބީޢާ رضى الله عنه ގެ ކިބައިންވެސް ރިވާވެގެން ވެއެވެ. ރަސޫލު  صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (( لا يخلونَّ رجل بامرأة لا تحل له , فإن ثالثهما الشيطان , إلا محرم ))رواه البخاري. މާނައީ: " ފިރިހެނަކު އޭނާގެ މައްޗަށް ޙަލާލުވެގެން ނުވާ އަންހެނަކާއި އެކު އެއަންހެނާގެ މަޙްރަމަކާއިނުލައި އެކަހެރި ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެދެމީހުންނާއި އެކު ތިންވަނަ މީހަކަށް ޝައިޠާނާ ވާހުއްޓެވެ." 

- އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް