އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ އިންތިހާއަށް ލޯބިދީ ޚިދުމަތްކުރިއިރުވެސް ހިލޭ އަންހެނުން ގެންގުޅުމުގަ ހައްދު ފަހަނަޅައިދިއަ މީހަކަށް ލިބުނު ނިކަމެތިކަމާ މުޅި އުމުރުގަ ހިތާމަކުރަންޖެހުނު ގޮތުގެ ވާހަކަ-

އަނބިމީހާ އިންތިހާއަށް ލޯބިދީ ޚިދުމަތްކުރިއިރުވެސް ހިލޭ އަންހެނުން ގެންގުޅުމުގަ ހައްދު ފަހަނަޅައިދިއަ މީހަކަށް ލިބުނު ނިކަމެތިކަމާ މުޅި އުމުރުގަ ހިތާމަކުރަންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެންވެސް އެއްބަސްވާ ކަމެކެވެ. ހެޔޮލަފާ، ތިމާ ދެކެ ލޯބިވާ، ތިމާއަށް އަޅާލައި ޚިދުމަތްކުރާ ބައިވެރިއަކު ލިބުމަށްވުރެ ބޮޑު އުފަލެއް ނެތް ކަމެވެ. ނަމަވެސް މައްސަލައަކަށް މިވަނީ އެފަދަ ބައިވެރިއަކު ލިބުމުން ޝުކުރުވެރިވާން ނުއެނގޭކަމެވެ. ޝުކުރުވެރިވެ ވަފާތެރިވާން ނުއެނގޭކަމެވެ.  

މިޙާލަތު ގިނައިން ކުރިމަތިވަނީ ހިތް ނުފުރޭތީއެވެ. އިތުރަށް ބޭނުންވެވޭތީއެވެ. އެހެންވެ އެކަން ސިފަކުރެވެނީ ޖެހޭ ބޮޑު ބައްޔެއްގެ ގޮތުގައެވެ. އެބަލިޖެހުމުން އެބަލިން ސަލާމަތްވާން އުނދަގޫ ބައްޔެއްގެ ގޮތުގައެވެ.  

ތިރީގައި އެވަނީ އެބަލި ޖެހުނު 2 މީހެއްގެ ވާހަކައެވެ. އެމީހުންގެ އަމިއްލަ އިޢްތިރާފެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ.   

އަހަރެންގެ އަނބިމީހާ އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ކަމެއްވެސް ކޮށްދެނީ ވަރަށް ލޯބިންނެވެ. ނަމަވެސް އަޅުގަނޑުގެ ހިތެއް ނުފުރުނެވެ. އިމެއް ނެތި ބޭވަފާތެރިވީމެވެ. އެތައް ބައިވަރު އަންހެނުންދެކެ ލޯބިވީމެވެ. އުޅޭނެ ގޮތަކަށް އުޅެފައި ގެއަށް އައުމުންވެސް އަނބިމީހާ މަރުޙަބާ ކިޔައެވެ. ލޯބިދެއެވެ. އަނގައަށް ލައްވައި ކާންވެސްދެއެވެ.  

އެއީ އަހަރެންއުޅޭގޮތް އަނބިމިހާއަށް ރޭކާނުލާތީކަންވެސް އެނގެއެވެ. އެނގިއްޖެނަމަ ދޭނެ އަދަބުވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް އަހަރެންނަށް އުޅެވެމުންދިއައީ އެކަމަށް ފަރުވާލެއް، ބިރެއްނެތިއެވެ.  

ދުވަސްތައް ފާއިއތުވަމުން ގޮސް ކައިވެންޏަށް 5 އަހަރެވެ. ލިބުނު ފިރިހެން ދަރިފުޅަށް 3 އަހަރެވެ. އަހަރެންގެ ކަންކަން ފަޅާއަރައިފިއެވެ. ފަޅާއެރުމުން އަހަރެންނާއި ވާހަކަދައްކާކަށްވެސް ނުއުޅެއެވެ. ފޮށްޓަކަށް އެއްޗެތި އަޅައިގެން ދަރިފުޅު ގޮވައިގެން ނުކުމެގެންދިއައީއެވެ. ދަމުން ބުނިހާވެސް ބަހަކީ "އަވަހަށް ވަރިކޮށްދޭނެކަމަށް" ހީކުރަމެވެ.  

އޭނާ ހުއްޓުވާކަށްވެސް ނުއުޅެމެވެ. ހީކުރީ މިއީ އަހަރެން ބޭނުންވި ގޮތަށް ކަންކަންވީކަމަށެވެ. އެހެންވެ ދެރައެއްވެސް ނުވަމެވެ. ވަރިވެސްކޮށްދިނީމެވެ. ކުރިން އުޅެމުން އައިގޮތަށް ދުވަސްތައް ވޭތިކުރަމުން ގެންދިއައިމެވެ.  

އެގޮތަށް 3 އަހަރު އުޅުނު ފަހުން ވިސްނެން ފަށައިފިއެވެ. ކަންތައްތަކެއް އުނިވާކަން އިޙްޞާޞް ކުރެވެން ފަށައިފިއެވެ. ގެއަށް އައުމުން މަރުޙަބާ ކިޔާނެ އަންބަކު ނެތެވެ. އަދި އެންމެ ބޮޑަށް ދެރަވަނީ އެތައް ބައިވަރު އަންހެނަކާއިއެކު ލޯބީގެ ގުޅުން ބޭއްވުނުއިރުވެސް އެއްވެސް އަންހެނަކު އެމީހުންގެ ބޭނުމަކު ނޫނީ ގުޅައިވެސް ނުލާތީއެވެ.  

މިއުޅެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީ އެހިސާބުންނެވެ. 3 އަހަރުވަންދެން ޚަބަރުވެސް ބަލާނުލައި ހުރެފައި އަނބިމީހާ ހޯދަން ދިއައިމެވެ. ދިއުމުން ކަންކަން ފެނުނީ މުޅިން ތަފާތު ގޮތަކަށެވެ. ދަރިފުޅަށް އަހަރެން ނުވެސް އެނގުނެވެ. ބައްޕަ ކިޔަނީ އެހެން މީހަކަށެވެ. އަނބިމީހާ ހުރީ ކައިވެނިކޮށްގެންނެވެ.  

ދައްކާނެ އިތުރުވާހަކައެއް ނެތުމުން ނުކުމެގެން އައީއެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބުން އޮތީ ތިމާދެކެ ލޯބިވާ އަންތބަކު ލިބުމުންކަން ވިސްނުނެވެ. އަދި އެފަދަ އަންތބަކު ލިބުމުން އެއްލައިލީ އަމިއްލައަށްކަން ޤަބޫލުކުރެވުނެވެ.  

ވަރަށް ބުރަ މަސައްކަތުން ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން އަނގައިދީ ދަރިފުޅުގެ ކަންކަން ބަލަހައްޓަންފެށީމެވެ. މަންމަގެ ހުއްދައާއިއެކު ދަރިފުޅު ގެއަށް ގެނެސް ލޯބިދޭންފެށީމެވެ. ނަމަވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވީ އަނބިމީހާ އުމުރަށް ގެއްލިގެންދިއައީއެވެ. އަނބުރާ ހޯދޭނެ އެއްވެސް މަގެއް ނުފެނުނެވެ.  

ދުވަސްތަކެއް ވަންދެން އެކަނިހުރުމަށްފަހު 2 ވަނަ ކައިވެނިކުރީމެވެ. ކުރިން ކުރިފަދަ އެއްވެސް ކުށެއް ނުކޮށް ދިރިއުޅެން މިދަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ހިތާމައަކީ ފުރަތަމަ އަނބިމިހާގެ ކިބައިން ލޯބިލިބުނު މިންވަރާއި ގާތަކަށްވެސް ލޯތްބާއި އަޅައިލުން ނުލިބޭކަމެވެ. އަބަދުވެސް ޖެހެނީ އޭނާއަށް ޚިދުމަތްކުރާށެވެ. އެހެންކަމާއިއެކުވެސް ކެތްތެރިވެގެން މިހުންނަނީއެވެ. މިއީ އަހަރެންކުރި ކުށަތަކަށް ލިބުނު ޖަޒާކަމަށް ޤަބޫލުކުރާތީއެވެ!  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ބުނެލަން އޮތީ މިވާހަކައިގައި ކަންކަން ވެފައިވާ ގޮތާއި އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވިގޮތާއި އެއްވެސް ތަފާތެއް ނެތެވެ. އެންމެ އަކުރެއް ފިއްޔެވެސް ތަފާތެއް ނޫނެވެ.  

ކުރީގެ އަނބިމީހާ އަޅުގަނޑަށް މާފުކުރިއެވެ. ނަމަވެސް އޭނާ ހިތްދަތިޙާލުގައި ހުއްޓައި އޭނާއަށް އަޅާލައި އެހީތެރިވި މީހާ އާއިވަކިވާން ބޭނުން ނުވީއެވެ. އޭނާ ބުނީ އެއްވެސް މީހެއްގެ ހިތުގައި ޖެއްސި މީހަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ކަން އޮތްގޮތްކަން ޤަބޫލުކޮށް މިހާރު ދެމީހުންނަކީ ދެ އެކުވެރިންނެވެ. އެވަރުން ހިތްހަމަޖައްސައިލަނީއެވެ.

 

- ޝަކީބް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް