އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިސާވެރިވެވިފަ ހިތްއެދޭ ހުރިހާ ކަމެއް ޙާޞީލުކުރެވޭއިރުވެސް ހިތްހަމަނުޖެހޭ މީހުން ގިނަވަނީ ކީއްވެ؟

ފައިސާވެރިވެވިފަ ހިތްއެދޭ ހުރިހާ ކަމެއް ޙާޞީލުކުރެވޭއިރުވެސް ހިތްހަމަނުޖެހޭ މީހުން ގިނަވަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ގިނަ ބައަކު ކުރާ އެއް ސުވާލަކީ ތަނަވަސްކަން ލިބުނު ނަމަވެސް އަދި ތިމާ އެދޭ ކަންކަން ޙާޞިލްވަމުންގޮސް ހުރިހާ ބޭނުންތަކެއް ފުދޭއިރުވެސް ހިތްހަމަނުޖެހިގެންއުޅޭ މީހުން ގިނަވަނީ ކީއްވެގެންތޯއެވެ؟ ތަނަވަސް މީހުން އަބަދު ހާސްވެ ޕްރެޝަރަށް އަރާފައި ތިބެނީ ކީއްވެގެންތޯއެވެ؟ އެންމެން ދެކެ ރުޅިއައިސް އެންމެފަހުން އަމިއްލަ އަނބިދަރިން ދެކެވެސް ރުޅިއައިސްފައި ތިބެނީ ކީއްވެގެންތޯއެވެ؟  

ދުނިޔަވީ ގޮތުން ވަރަށް ގިނަ ސަބަބުތައް ދެއްކިދާނެއެވެ. އެވެނިކަމެއް މިވެނިކަމެއް މިހެން ގޮސް ގިނަ ވާހަކަތަކެއް ދެއްކިދާނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ ޙަޤީޤީ ސަބަބެއް ނޫނެވެ. ޙަޤީޤީ ސަބަބަކީ ﷲ ތަޢާލާ ހަނދުމަކުރުން މަދުކުރެވުމާއި މިންވަރަށް އީމާން ނުވެވުމެވެ.  

މިދެކަންތައް އެމީހެއްގެ ކިބައިގައި ނެތި ހިނދުކޮޅަކުވެސް އުފަލުގައި ހުންނަން ވަރަށް އުނދަގޫވާނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޢަޖުމަ ބަލައިލަންވެސް މިދެކަންތައް ތިމާގެ ކިބައިގައި ނިކަން ހަރުލައްވަބަލާށެވެ! ޙާލަތު ބަދަލުވެގެންދާތަން އިސާހިތަކު ފެންނާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ބަސްކޮޅުވެސް ވިދާޅުވެލައްވާށެވެ!  

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! އަޅުގަނޑުމެން الله سُبْحَانَهُ وَتَعَالى މަތިން ހަނދުމަކުރާ ކަމަށްވަނީނަމަ އަޅުގަނޑުމެންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ.  

މިއަދު ވަރަށްގިނަމީހުން ނިކަން ބައްލަވާ ކުރިއަރާފަވާ ޤައުމުތަކުގެ މީހުން އިގިރޭސިވިލާތް ނުވަތަ އެމެރިކާ ނުވަތަ ޔޫރަޕްގެ ދެންވެސް އެކިއެކި ޤައުމުތަކުގެ މީހުން ތިޔަބޭފުޅުން ނިކަން ބައްލަވާ ކޮން ޤައުމެއްގެ މީހުންތޯ؟ ކޮން ޤައުމެއްގެ މީހުންތޯ އެންމެ ގިނައިން ސްލީޕިންގ ޕިލްސް ނަގަނީ؟ ނިދުމަށްޓަކައި ނުނިދިގެން ނިދުމަށްޓަކާ ބޭސް ބޭނުންކުރަނީ ކޮންބައެއްތޯ؟ ދުނިޔޭގެ ކޮން ޤައުމުތަކެއްތޯ؟ ޔޫރަޕްގެ ޤައުމުތައް! 

އެހެންވެގެން އިނގޭތޯ ސްލީޕިންގ ޕިލްސް  އެހާ އަގުބޮޑީ! މުއްސަދިންނަށް މިކަން ލައިގަންނަނީ ބޮޑަށް ދުނިޔަވީ ޙަޔާތް ފަހަތުން ދުވާމީހުންނަށް ގިނަފަހަރަށް މިކަން ލައިގަންނަނީ، ކިތަންމެ ގިނަމުދާ ލިބުނަސް ހިތެއް ހަމައެއް ނުޖެހޭނެ. ކިތަންމެ ގިނަ އަނބިން ލިބުނަސް ހިތެއް ހަމައެއް ނުޖެހޭނެ، ކިތަންމެ ގިނަ ބަޔަކާ ޒިނޭކުރެވުނަސް ހިތެއް ހަމައެއް ނުޖެހޭނެ! ޔަޤީން ކަށަވަރު!  

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް