އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުކަންދޭންޖެހޭ ކަމެއް!: އުޑުތަކުގަ މަތިވެރިކަމެއް ނެތް މީހުން މަތިވެރިކުރުމަކީ އާޚިރަތުގަ ވަރަށް ގެއްލުން ބޮޑު ކަމެއް!

ސަމާލުކަންދޭންޖެހޭ ކަމެއް!: އުޑުތަކުގަ މަތިވެރިކަމެއް ނެތް މީހުން މަތިވެރިކުރުމަކީ އާޚިރަތުގަ ވަރަށް ގެއްލުން ބޮޑު ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އެބައަކީ ރޯލްމޮޑެލުން ކަމަށް ނުވަތަ ނަމޫނާ ޝަޚްޞިއްޔަތު ކަމަށް މުސްލިމުން ބަލައިގަންނަން ޖެހޭނީ އެމީހަކު އިސްލާމް ދީނުގެ ކަންކަމުގައި ކުރިއަރައިދިއުމުންނެވެ. އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ކުރިއަރައި ދިއުމުންނެވެ. ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމުންނެވެ. އެމީހެއްގެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ލިބެމުން އަންނަ ނަމައެވެ. 

އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ފެށިގެން ތަފާތު އެކި ފަންނުތަކުގައި ދުނިޔެއަށް މަޝްހޫރު އެމީހުންނަކީ މާމަތީ ދަރަޖަ ލިބިފައިވާ ބައެއް ކަމަށް ބަލައި ގަތުމަކީ ވަރަށް ބިރުހުރި ނުރައްކައުތެރި ކަމެމެއް ނަމަވެސް ސެލިބްރިޓީންނަކީ މާމަތި ބައެއް ކަމަށް ދެކޭ ބައަކު އެބަ އުޅެއެވެ. ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ މާމަތީ ދަރަޖައެއްގެ އިންސާނުން ކަމަށް ޤަބޫލުކުރާ ހިސާބަށް ދިއުމުން އެއޮތީ މުޅިން ގޯސްވެފައެވެ. 

އަބަދުވެސް ބުނާ ފަދައިން އެމީހަކީ ދުނިޔެއަށް ކިތަންމެ މަޝްހޫރު މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެމީހާއަކީ އުޑުތަކުގެ މަލާއިކަތުން "ދެނެވަޑައިނުގަންނަވާ" މީހަކު ކަމުގައި ވާނަމަ އެމީހާގެ އެއްވެސް މަތިވެރިކަމެއް ނެތެވެ. ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެމީހަކަށް ސަނާ ކީ ނަމަވެސް މަލާއިކަތުންގެ ހެޔޮ ދުޢާ އެމީހަކަށް ނުލިބޭނަމަ އެމީހަކީ އެއްވެސް މީހަކަށް ނުވާނެއެވެ. މާނައަކީ އެމީހަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ. 

ބައެއް ސެލިބްރިޓީންނަށް ތާއީދުކުރަމުން ގޮސް އެމީހުންނަކީ ކަލާނގެތަކަކަށް އެބަ ހަދައެވެ. އެމީހުން ކުރާ ކޮންމެ ކަމަކީ ރަނގަޅު ކަމެއްކަމަށް އެބަދެކެއެވެ. އެމީހުންނަށް އެބަ އަޅުކަން ކުރެއެވެ. އެމީހުންވެސް ތިބެނީ އެކަމަށް މަރުޙަބާ ލިޔައިގެންނެވެ. އެ ހިސާބުން ކަންކަން އެވަނީ ގޯހުން ގޯހަށް ގޮސްފައެވެ. އެފަދަ ބޮޑު ގޯހެއް ހެދުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެވިއްޖެ ނަމަ އެމީހަކު ދެ ދުނިޔެއިން ގެއްލިގެން ދިއައީއެވެ. ވީމާ މިކަންކަމަށް ވިސްނައި ހޭލުންތެރިވުމަށް ނަޞޭޙަތްތެރިވަމެވެ. 

މުސްލިމުން، އެމީހުންގެ ނަމޫނާ ޝަޚްޞިއްޔަތުންގެ ގޮތުގައި ބަލަންގަންނަން ޖެހޭނެ މީހުން ދަރުސް ފަށަމުން ބަޔާންކުރީމެވެ. އާޚިރަތުގައި ފައިދާކުރާނީ އެކަން އެގޮތަށް ކުރި މީހަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު