އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުޅިއަންނަހިނދު ވާހަކަދެއްކޭ ގޮތަކުންވެސް އެކުގައި ރަނގަޅަށް އުޅެން ފޫހިވޭ! އެކަން އެގޮތަށް ވިއަނުދޭން ޢަމަލުކުރަން އޮތް ގޮތް-

ރުޅިއަންނަހިނދު ވާހަކަދެއްކޭ ގޮތަކުންވެސް އެކުގައި ރަނގަޅަށް އުޅެން ފޫހިވޭ! އެކަން އެގޮތަށް ވިއަނުދޭން ޢަމަލުކުރަން އޮތް ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ބައިވެރިޔާ އާއި ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުދެނުކަމުގައިވީނަމަވެސް އަދި ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވިނަމަވެސް ދެމީހުން ވާހަކަދައްކާއިރު އެއްގޮތަކަށްވެސް ބޭނުންކޮށްގެން ނުވާނެ ބަސްތަކެއް ހުންނާނެއެވެ. 

މިޘާލަކަށް "ދުވަހަކުވެސް ކަލޭ ރަނގަޅަށް އެއްވެސް ކަމެއް ނުކުރޭ! ތިއައީ ދުވަހަކުވެސް މަށަށް ހެޔޮ އެދިގެން ކަމެއްކޮށްދިން މީހެއް ނޫން! ދުވަހަކުވެސް ތެދެއް ނުބުނާނެ!" ފަދަ ބަސްތައް ހަމައެކަކުވެސް ބޭނުން ނުކުރާށެވެ. ކުރިން ރަނގަޅަށް ކޮށްދީފައި ހުންނަ ކަންކަމަކީވެސް ރަނގަޅަށް ކޮށްދީފައި ހުރި ކަންކަން ނޫންކަމަށް ބުނުމަކީ އަނެކާއަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދާނެ ކަމެކެވެ. ހަމައެއާއިއެކު ރަނގަޅަށް ކަންކަން ކުރަން ފޫހިވެސްވާނެ ކަމެކެވެ. 

މިފަދަ ބަސްތައް ބުނުމުން ފޫހިވެ މާޔޫސްވާވަރުން ތެދުވެރިކަމާއިއެކު ރަނގަޅަށް ކަންކަން ކުރަން ބޭނުން ނުވުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. އެހެންކަމުން އެހިސާބުން ދިރިއުޅުން ބަދަލުވެގެންދަނީ ބޮޑު ބިލާހަކަށެވެ. ޠޫފާނަކަށެވެ. 

ވީމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ދުލުން އެފަދަ ބަސްތައް ނުބުނާށެވެ! އެކަމުގެ ސަބަބުން ލިބޭދެރަ މާބޮޑުވާނެއެވެ. އެފަދަ ޙާލަތުގައި ހިތްހަމަނުޖެހި ހުރެވެސް އަނެކާ ކޮށްދީފައިވާ ރަނގަޅު ކަންތައްތައް ފާހަގަކުރާށެވެ. އެކަންކަން ފާހަގަކުރުމާއިއެކު ކުރަންބޭނުންވާ ޝަކުވާކުރާށެވެ! އެގޮތުންވެސް މާގިނަ ވާހަކަދައްކަން ނުހަދާށެވެ! އަނެކާ ކުރިކުށް ފާހަގަކުރުމަށްފަހު ދެން އެފަދަ ކަމެއް ތަކުރާރުނުކުރަން ބުނާށެވެ! 

އެފަދައިން ބުނެފައިވަނިކޮށް ތަކުރާރުކުރިނަމަވެސް (އެކުގައި ދިރިއުޅުމުގެ ނިޔަތް އޮތްނަމަ، އެކުގައި އުޅެން ބޭނުންވާނަމަ) ކުރިންވެސް ބުނިފަދައިން ނުބައި ބަސްތައް ނުބުނެ ޞުލްޙަވެރިކަމާއިއެކު މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ! އަދި ކުށްތައް ތަކުރާރުވާތީ އެކުގައި އުޅެން ބޭނުންނުވިނަމަވެސް ޒުވާބުކޮށް ތަޅާފޮޅަން ނުހަދައި ކަންކަން ނިމުމަކަށް ގެންނާށެވެ. އެންމެ މުހިންމު އެއް ކަމަކީ ވިސްނުން ބަދަލުވެ އަލުން ކުރިމަތިލާން ބޭނުންވިނަމަވެސް އެކަންކުރެވޭނެ ގޮތަށް ދެމީހުންވެސް ތިބުމެވެ. 

- އަލަފް / މިއަދުނޫސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް