އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓްގެ އަގު އެއްވަރެއްގަ ހިފެހެއްޓޭކަން އެއީވެސް އަގުހެޔޮވުން! ކަސްޓަމަރުން ކޮށްދޭންވީކަމަކީ ކަރަންޓްގެ ޚަރަދު އެންމެ ކުޑަވާނެގޮތަށް ބޭނުންކުރުން!: ޙުސައިން ފަހުމީ

ކަރަންޓްގެ އަގު އެއްވަރެއްގަ ހިފެހެއްޓޭކަން އެއީވެސް އަގުހެޔޮވުން! ކަސްޓަމަރުން ކޮށްދޭންވީކަމަކީ ކަރަންޓްގެ ޚަރަދު އެންމެ ކުޑަވާނެގޮތަށް ބޭނުންކުރުން!: ޙުސައިން ފަހުމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 30 ސިކުންތު

މިއަދުނޫސް: އަޅުގަނޑުމެންގެ ކަރަންޓުގެ އަގު އެންމެ ބޮޑަށް ގުޅިފަ މި އޮންނަނީ ތެލުގެ އަގާ. ދެން އަދި އަޅުގަނޑުމެންނަށް މިއުޅެނީ ސޯލާ ކަންތައްތައް މިއުޅެނީ ހަމަ ފްރޭމެއްގެ ތެރޭގަ ކިރިޔަކިރިޔާ ފެށިގެން. ކިރިޔަ ކިރިޔާ ކުރިއަށް މިދަނީ. މާބޮޑު އެއްޗެއް ސޯލާއަކުން އަދި ނުލިބޭ ކަންނޭންގެ. ދެން ކައިރި މުސްތަޤްބަލެއްގަ އެބައޮތްތޯ ކަރަންޓްގެ އަގު މިހާރަށްވުރެ  ހެޔޮ ވެދާނެކަމުގެ އެއްވެސް ކަހަލަ އުއްމީދެއް؟ 

ޙުސައިން ފަހުމީ: ކޮންމެ ކަމަކީވެސް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ދެއްތޯ ކުރަން މި ޖެހެނީ. ސޯލާ ވިޔަސް ވިންޑް ވިޔަސް އަދި ކަނޑުގެ ޒަރިއްޔާއިން ވޭވް ބޭނުންކޮށްގެން ކަރަންޓް އުފައްދަން ޖެހުނު ކަމުގައި ވިޔަސް. ދެން އަޅުގަނޑުމެންނަށް އަދި މިހާތަނަށް ފައިނޭންޝިއަލީ ފީސިބަލް ޓެކްނިކަލީ ވައިބަލް އެއްޗަކަށް އަދި މި ފެންނަނީ ހަމައެކަނި ސޯލާ ރާއްޖޭގަ. އެއީ ވިންޑް ގާތްގަނޑަކަށް 100 ކިލޯ ވޯޓްސް ވިންޑް ޖެހީމަ އޭގެ ޕާފޯމެންސް އަދި މި ލިބެނީ 20 ކިލޯ ވޯޓް. އިންވެސްޓްމެންޓް ވަރަށް ބޮޑު. އެހެން ނަމަވެސް ސޯލާ ވަރަށް އެޓްރެކްޓިވް. ދެން ސޯލާ ވިތް ބެޓްރިއާވެސް ވާ ގޮތަކީ ހަމަ ރޭގަނޑަށް ބޭނުންވާނެ ދެއްތޯ އިންޖީނު. 100 މެގަވޯޓް ސޯލާ ޖެހިކަމުގައި ވިޔަސް ރޭގަނޑު އަތްވެއް ނުދޭނެ. ދެން ބެޓްރި ބޭނުން ކޮށްގެނެއް ރޭގަނޑަކު ނުވެއް ހިންގޭނެ. އެހެންމަ ހަމަ ސޭމް ކެޕެސިޓީ މާލެއަށް ވާވަރަށް ކެޕެސިޓީ ޑީސަލް ނުވަތަ ގޭސް ނުވަތަ އެހެން ގޮތަކަށް ހަމަޖެނެރޭޝަން އިންސްޓޯލް ކުރަން އެބަޖެހޭ ސޯލާވެސް. ރޭގަނޑަށްޓަކާ.

އެހެންޥީމަ އިންވެސްޓްމެންޓް އަސްލުގަ ޑަބަލް ވެގެން އެބަދޭ. ދެން ސޯލާ ޖެހީމަ އަޅުގަނޑުމެނަށް ވަރަށް ފައިދާ ހުންނާނެ އިނގޭތޯ. ޑީސަލް އަންދާކަށް ނުޖެހޭނެ. ޑީސަލް އިމްޕޯޓް ކުރާކަށް ނުޖެހޭނެ. އަވިދޭ ކޮންމެ ދުވަހަކީ އޭގެން ހަމަ ރަނގަޅު އަދަދަކަށް ޖެނެރޭޝަން ލިބޭ ދުވަހެއް. އެހެންމަ ސޯލާ އިންވެސްޓް ކޮށްގެން އިމިޑިއޭޓްލީއެއް ވަގުތުން ވަގުތަކަށް ރައްޔިތުންނަށް ކަރަންޓު އަގުހެޔޮ ކޮށްދެވޭނެކަމަކަށް  ޤަބޫލެއް ނުކުރަން އަޅުގަނޑު. ސޯލާ އިންވެސްޓްމެންޓް ރިފާވެސް ކުރަންވާނެ ދެއްތޯ. ރިކަވާވެސް ކުރަންވާނެ ދެއްތޯ. އަދި އެ ސޯލާ އިންވެސްޓް ކުރާ ބަޔަކަށް އަޅުގަނޑުމެން ޕީޕީއޭ ގެ ދަށުން ޕޭމެންޓް ވެސް ހަދަން ޖެހޭނެ ދެއްތޯ. އެހެންމަ ވަގުތުން ވަގުތަށް އަގުހެޔޮ ނުވި ކަމުގައިވިޔަސް މުސްތަޤްބަލްގަ ސޯލާ، މުސްތަޤްބަލްގަ ހަމަ ރިނިއުބަލް އެނާޖީ އަށް ގޮސްގެން އަޅުގަނޑުމެންނަށް ރައްޔިތުންނަށް އެގުހެޔޮކޮށް ކަރަންޓްގެ ޚިދުމަތް ދެވޭނެކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ.

މިއަދުނޫސް: އޭގެ މާނައަކީ އަދި ދުވަސްކޮޅެއް ނަގާފާނެއޭ. އެހެން ނަމަވެސް މުސްތަޤްބަލުގަ އަޅުގަނޑުމެން މިހާރު މިއޮތް އަގަށްވުރެ ފުދޭވަރަކަށް އަގު ކުޑަވެގެން ދާތަން ކަސްޓަމަރުންނަށް ފެންނާނެއޭތޯ؟.

ޙުސައިން ފަހުމީ: އާދެ، އަދަދު ކަރަންޓުގެ އަގަށް އަޅުގަނޑު ދަންނަވާނީ ކަރަންޓުގެ އަގު ބޮޑު ނުކުރުންވެސް އެއީ ކަރަންޓުގެ އަގު ހެޔޮ ކުރުމޭ. އެނގި ވަޑައިގަންނަވާނެ ދުނިޔޭގެ ބާޒާރުގަ މުދަލުގެ އަގު ދުވަހަކުވެސް ތިރިއަކަށް ނުދޭ. މައްޗަށް ދަނީ. އިންފްލޭޝަން މައްޗަށް ދަނީ. އޭގެ މާނައަކީ ކަރަންޓުގެ އަގު އެއްވަރަކަށް ހިފެހެއްޓިފަ ހުރުން އެއީ ކަރަންޓުގެ އަގު ހެޔޮވުން އަޅުގަނޑު ދެކޭގޮތުގައި. އަޅުގަނޑު ދެކެނީ އެގޮތަށް. އެހެންމަ ރާއްޖެއަށް ކަރަންޓްގެ އަގު ބޮޑުވެގެނެއް ނުދޭ ވޭތުވެދިޔަ 10 އަހަރު ތެރޭގަ އަޅުގަނޑަށް އެނގިގެނެއް. ހަމަ އަބަދުވެސް ޓެރިފް ރިވައިޒްކޮށް ކަރަންޓްގެ އަގު ކުޑަވަމުން މިދަނީ. އޭގެ މާނައަކީ އެ ކަރަންޓުގެ އަގަށް ރަނގަޅު ބަދަލެކޭ އަންނަނީ އަބަދުވެސް. ކަރަންޓުގެ އަގު ބޮޑު ނުވަންޏާ އޭގެ މާނައަކީ އިންފްލޭޝަންވެސް ނުލާއޭގަ އެ ހުންނަނީ އެހެން ނޫންތޯ.

ދުނިޔޭގެ މާކެޓަށް މި އަންނަ ބަދަލުވެސް ނުލާ އެ ހުންނަނީ. އެހެންވީމަ އޭގެމާނައަކީ،  ކަރަންޓުގެ އަގު ބޮޑު، އަޅުގަނޑު ވެސް ގަބޫލު ކުރަން ބިލަށް އަރާ އަދަދުވެސް ބޮޑު. އެބަދަލު އެ އަވަނީ އަޅުގަނޑުމެންގެ ލައިފް ސްޓައިލަށް އަންނަ ބަދަލަށްޓަކާ. މާލެއަކު ނެތް އޭސީ ނުލާ އުޅެވޭކަށް އެއްވެސް ތާކު. ހުރިހާ ގެއެއްގަވެސް ލިވިންރޫމާ އެއްކޮށް އޭސީ ހަރުކުރަން އެބަޖެހޭ. ސޭފްޓީ އަށްޓަކާ ކަރަންޓުވެސް ބޭނުން އެބަ ކުރެވޭ ކައްކަންވެސް ހުރިހާ ކަމެއްގަ. އެހެންވީމަ ކަރަންޓާ ނުލާ އުޅެވޭކަށް ނެތް މާލެއަކު. ކޮންމެ ގެއަކަށް ލިފްޓަށް ކަރަންޓް ބޭނުންވޭ. ފެންވަރަން ކަރަންޓް ބޭނުންވޭ. ފެންބޯން ކަރަންޓް ބޭނުންވޭ. ނިދަން ކަރަންޓް ބޭނުންވޭ. އެހެން ނޫންތޯ. އަދި އެއްތަނުން އަނެއްތަނަށް ޒިޔާރަތް ކުރުމަށްޓަކާ ކަރަންޓް ބޭނުންވޭ. ކަސްރަތު ކުރުމަށް ކަރަންޓް ބޭނުންވޭ. އެހެންމަ އަޅުގަނޑުމެންގެ ލައިފްސްޓައިލަށް އައި ބަދަލާ ގުޅުގެން ހުރިހާ ކަމަކަށް މިހިރީ ކަރަންޓާ ގުޅިފަ. އެހެންމަ ކަރަންޓު ބިލް ބޮޑުވަނީ. އެހެންމަ އެކަމަށް ކަރަންޓް ބިލަށް ހައްލެއް ގެނެވޭނީ އިޤްތިޞާދު ކުރަން އަސްލުގަ ދަސްކޮށްގެން އަޅުގަނޑުމެން އެންމެންވެސް. އިޤްތިޞާދު ކޮށްގެން އަދި ކަރަންޓު އުފައްދާ ކުންފުނިތަކުންވެސް، މާނައަކީ ސްޓެލްކޯ އަދި ސަރުކާރާ ގުޅިގެން މި އެންމެން އެއްކޮށް ވޯކް ކޮށްގެން ނޫނިއްޔަކާ އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ކަރަންޓް އިޤްތިޞާދު ކުރުމާ އެހެނިހެން ގޮތްގޮތުން ވޯކް ކޮށްގެން ކަރަންޓް ބިލް ކުޑަ ކުރެވޭނެކަމަކަށް. ހަމައެކަނި ދައުލަތުން މަސެއްކަތް ކޮށްގެން ކުރެވޭނެ، ކުރުމުއްދަތުގަ ކުރެވޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.

އިޤްތިޞާދު ކުރުމުގެ ތެރޭގަ އެބަ އާދޭ ދެއްތޯ މިސާލަކަށް އެނާޖީ އޮފް އިންސިލޭޓް ބޭނުން ކުރުން. ގޭގޭގަ އިންސިއުލޭޓް ކުރުން. ދޮރުތައް ރަނގަޅުކުރުން. އޭސީ ކޮށްފަ ހުންނަ ތަންތާ. ރަނގަޅު އެނަރޖީ ސޭވިން އޭސީތައް ބޭނުންކުރުން. އައުޓްޑޯރ ޔުނިޓް ހަރުވެފަ އިންނަނީ ކޮންތަނެއްގަތޯ ބެލުން. މިކަހަލަ ކުދިކުދި ކަންތައްތަކުން އެބަހުރި ކަރަންޓް އަގުހެޔޮ ކުރެވެން. ނުވަތަ އިސްތިރި ކުރާ ގަޑި ބަދަލުކޮށްކުން. ނުވަތަ ހައިވޯލްޓޭޖް ބޭނުންވާ އެއްޗެތި އެއްފަހަރާ ނުޖެއްސުން. މިކަހަލަ ކަންތައްތައް ކުރަން އެބަޖެހޭ. މިކަހަލަ ކަންތައްތައް ކޮށްގެން އަސްލު އިޤްތިޞާދު ކޮށްގެން ކަރަންޓް އަގުހެޔޮ ކުރެވެންއޮތީ މިއަދު.

- ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދުނޫހަށް ދެއްވި ޚާއްޞަ އިންޓަރވިއުގެ ތެރެއިން

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް