އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ސްޓެލްކޯ އެކައުންޓުގަ 300 މިލިއަން ރުފިޔާ ހުރި! އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެއްވެސް ފައިސާއެއް ނެތް!: ޙުސައިން ފަހުމީ

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ސްޓެލްކޯ އެކައުންޓުގަ 300 މިލިއަން ރުފިޔާ ހުރި! އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެއްވެސް ފައިސާއެއް ނެތް!: ޙުސައިން ފަހުމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

މިއަދުނޫސް: އަޅުގަނޑުމެންނަށް ވަރަށްގިނައިން ކުރީގަ އިވޭ އަޑެއްމީ ސްޓެލްކޯއިން އެސްޓީއޯ އަށް ވަރަށް ގިނަ ފައިސާ ނުދެއްކިގެން އެސްޓީއޯ އިން ސްޓެލްކޯ ފަހަތުން ދުވަން ޖެހިގެން އުޅޭވާހަކަ. މިހާރު ކިހިނެއްތޯ؟ މި ސްޓެލްކޯ ހިންގުމަށް އައި ބަދަލާ އެއްކޮށް މިކަމަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯ؟ 

ޙުސައިން ފަހުމީ: ރައީސް ޔާމީން ވެރިކަން ނިމި އިބްރާހިމް މުޙައްމަދު ޞާލިހަށް ހޭންޑްއޯވަރ ކުރިއިރު ސްޓެލްކޯގެ އެކައުންޓުގަ ތިންސަތޭކަ މިލިއަން ރުފިޔާ ހުރި. ރައީސް ޞާލިހުގެ ވެރިކަން ނިމި ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ސްޓެލްކޯގެ ލާރިއެއް ނެތް އަޅުގަނޑުމެން އަތަކު. އެކްސެސް ސާޕްލަސް ކޭޝް އެއް ނެތް މިތާކު. 

ހަމަ އެހާލަތުގަ ދިވެހި ދައުލަތްވެސް އޮތީ. ދިވެހި ދައުލަތުގެ ހުރިހާ ކުންފުންޏެއްވެސް ހުރީ. އެހެންމަ އެކްސެސް ކޭޝް އެއް އަދިވެސް އަޅުގަނޑުމެންނަށް ބިލްޑެއް ނުކުރެވޭ. އެކަން ކުރަން ވަގުތު ނަގާނެ. އެއީ ފިނޭންސް މިނިސްޓަރުވެސް ދިވެހި ދައުލަތް އޮތީ އެހާލުގަ. ދިވެހި ދައުލަތުގެ ކުންފުނިތައްވެސް ހުރީ އެހާލުގަ. ދެން އަޅުގަނޑުމެންގެ މިދިޔަ އަހަރު ޕްރޮފިޓްވެސް އިނީ ޑްރޮޕްވެފަ. ވޭތުވެދިޔަ ރައީސްޔާމީނުގެ ވެރިކަމުން ފަށައިގެން ތިންސަތޭކަ މިލިއަނުން ފަށައިގެން ދުއިސައްތަ މިލިއަނުން ފައިދާ ވަމުން އައިތަނެއް. މިދިޔަ އަހަރުގެ ފައިދާ އަކީ އަޅުގަނޑުމެންނަށް ހަތްދިހަ މިލިއަނަށްވުރެ ކުޑަ މިހާރު އަންދާޒާ ކުރެވިފަ، ސަތޭކަ މިލިއަނަށްވެސް ނާރާ. 

އެހެންވެ މި ޙާލަތުން އަރައިގަންނަން ވަގުތު އެބަ ބޭނުންވޭ. ހަތްދިހަ މިލިއަނަށް ޕްރޮފިޓް ޑްރޮޕްވީ އިރުގަ ސަތޭކަ ސަތޭކަ ވިހި ދުއިސްތަ މިލިއަނުން ހުރިއިރުގަ ހަތްދިހަ މިލިއަނަށް ޑްރޮޕްވީ އިރުގަ ކުންފުނީގެ މެއިން އިންފްރާސްޓްރަކްޗާ ހުރީ މެއިންޓިނަންސް ނުކޮށް. އެހެންމަ އަޅުގަނޑުގެ ސިޔާސަތަކަށް ނުވާނެ ކުންފުނީގެ އިންޖީޏުތައް މެއިންޓަނެންސް ނުކޮށް ކުންފުނީގެ އިމާރާތްތައް މެއިންޓެއިން ނުކޮށް ޕްރޮފިޓް އިތުރުކުރަން ޚަރަދު ކުޑަ ކުރަންށޭ ކިޔާފަ މި އަސާސީ މެއިންޓިނަންސް ނުކޮށް ހިފެހެއްޓުން.  

އިންޖީނުތައް ރެގިއުލާކޮށް މެއިންޓިނަންސް ކުރަން ބޭނުންވިއްޔާ އަޅުގަނޑު ކުރާނަން. އެއީ ރައްޔިތުންގެ މުދާ މިތާމިހުރި. އެއީ އަޅުގަނޑުމެން އެއްދުހު ދޫކޮށްފަ ދޫކޮށްލާ މުދަލެއް ނޫން މީކީ. ލައިފްޓައުން ހިންގާ އެއްޗެއް މީ. މި އެއްޗެހިތައް މިގޮތަށް މެއިންޓެއިން ކުރެވިފަ ހުރީމަ މިއަދު އަޅުގަނޑޫމެންގެ ބައެއް ޖެނެރޭޓަރުތައް ، އެނގިވަޑައިގަންނަވާނެ ވަޓްސެލާ ޖެނެރަލް. 30 އަހަރުވެއްޖެ ވަޓްސިލާ އިންޖީނު، އަދިވެސް 98 ޕަސެންޓް ގަ އެބަ ހިނގާ މިތަނުގަ. އެކަމަށް ސަރޓިފައި ކޮށްފަ ސަނަދު ދީފަ އެބައިން އިންޖީނު މެނުފެކްޓާރ ވެޓްސިލާރ. މީ އަޅުގަނޑުމެން އަމިއްލައަށް ދައްކާ ވާކައެއް ނޫން. މި ސްޓޭންޑަޑް ހިފެހެއްޓުމަށްޓަކާ އެބަޖެހޭ ދަބަރު ތަޅަން، ދަބަރު ހުރިތާ ދަބަރު ތަޅަން. ދަވާދު ލާ މި މެއިންޓިނަންސް ކޮންޓިނިއު ކުރަން އެބަޖެހޭ. އެހެން ނޫނީ މިތަން ވީރާނާ ވެދާނޭ. އަސްލުގަ އަޅުގަނޑު ބޭނުމެއް ނުވޭ އެގިތަށް ހިންގާކަށެއް. މިދިޔަ އަހަރުތަކުގެ ނުކުރެވިހުރި މެއިންޓީނަންސް ފަށައިގެން އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަ. އިއްޔެގަ އޯވަހޯލްކޮށް ގާތްގަނޑަކަށް އެހެރީ ނިމިފަ ހުރިހާ އެއްޗެހި. ދެން އެ ރަށްތަކުގަވެސް އަޅުގަނޑުމެން ޒިޔާރަތް ކޮށްލިއިރު. އެހެންމަ މިއަހަރު އޅުގަނޑުމެން މެއިންޓަނަންސް ނޮންމޭތޯ މި ބަލަނީ އެހެން ހުރި ތަންތަން. ޕްރައިރޮޓީއަކީ އެސެޓްސް ރައްކާތެރި ކުރުން. ކުންފުނީގެ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުން. އެއީ އަޅުގަނޑުމެންގެ ހަމަ ފުލް ޕްރައިރިޓީއަކީ. އެކަން ކޮށްފަ އަޅުގަނޑުމެން ޕްރޮފިޓަށް ދަންޏާ ދާނީވެސް.

ޝުކުރިއްޔާ 

މިއަދުނޫހުން މަސައްކަތްކުރީ ސްޓެލްކޯގެ މިއަދުގެ ޙާލަތާ ހުރި ގޮންޖެހުންތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށެވެ. މިފުރުޞަތު މިއަދުނޫހަށް ދެއްވިކަމަށްޓަކައި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއަށް މިއަދުނޫހުން ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް