އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

10 މުވައްޒަފަކަށް ހައްޖައްދިއުމުގެ ފުރުސަތު އެމްއޭސީއެލް އިން ދީފި

10 މުވައްޒަފަކަށް ހައްޖައްދިއުމުގެ ފުރުސަތު އެމްއޭސީއެލް އިން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެ.މް.އޭ.ސީ.އެ.ލްއިން 10 މުވައްޒަފަކަށް ހައްޖައްދިއުމުގެ ފުރުސަތު ދީފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްފައެވެ. މިކަމާ ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ހައްޖުފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފަކަށް ދިނުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށާ އެ ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްކަމަށެވެ. 

ޝަރީފު ވިދާޅުވީ ހައްޖުގެ ކޯޓާ ހޯދުމަށް އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވިޔަސް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާތަކެއްކުރުމަށްފަހު އާންމުކޮށް ހައްޖުގެ އަޅުކަމަށް ދައްކަން ޖެހޭވަރަށް ވުރެއް އިތުރަށް ފައިސާ ދެއްކުމަށްފަހު ކޯޓާ ހަމަޖެހިފައިވާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު