އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދިވެހި ހައްޖުވެރިންނަށް ދެނީ

ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދިވެހި ހައްޖުވެރިންނަށް ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށްދާ ކޮންމެ ހައްޖާޖީއަކަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދިނުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި ވީނުވީއެއް ނޭނގި ހައްޖާޖިން ގެއްލޭ މައްސަލައަށް ހައްލެއް ހޯދުމަށް އެ ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާޢި އެގޮތުން، އެ ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ހުރިހާ ހައްޖާޖީންނަށް ވެސް ލައިވް ލޮކޭޝަން ޓްރެކިން ޑިވައިސްއެއް ލިބޭނެކަމަށާއި، އެ ޑިވައިސްއަށް ފިތާލައިގެން އެ މީހާ ހުރި ލޮކޭޝަން ކޯޕަރޭޝަނަށް ފަސޭހަކަމާއެކު ހޯދާލެވޭނެކަމަށެވެ.

"ބައެއް ބޭފުޅުންނަކީ އެތަނަށް ފަރިތަ ބޭފުޅުން ކަމަށް ވިޔަސް، އިސް ބޭފުޅުންނަށް ދަންނަވާފައި ވަޑައިގަންނަވާށޭ. އުމްރާގެ އަޅުކަމުގައި ތަކުރާރުކޮށް ގޮސްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއާގެ ބައެއް ސަރަހައްދުތަކަށް ވަރަށް ފަރިތަވާނެ. އެހެންނަމަވެސް، އެތައް މިލިއަން ބަޔަކު އެހެން އެއްތަނަކަށް ޖަމާވެގެން އުޅޭއިރު ބައެއް ފަހަރު މަގު އޮޅޭގޮތް ވާނެ،" ޝަކީލް ފާހަގަކުރެއްވިއެވެ.

ހައްޖާޖީންގެ ރައްކާތެރިކަމަށް ކޮންމެ އަހަރަކު ވެސް ހައްޖު ކޯޕަރޭޝަނުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު