އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫރޯ 2024ގެ ފައިނަލް މެޗް ބަލާލަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ރެޑްވޭވް އިން ފަށައިފި

ޔޫރޯ 2024ގެ ފައިނަލް މެޗް ބަލާލަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ރެޑްވޭވް އިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަންނަ މަހުގެ 14 ވަނަ ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ބަލާލަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ރެޑްވޭވް އިން ފަށައިފިއެވެ.

މިކަމާއިގުޅިގެން ރެޑްވޭވްއިން ބުނެފައިވަނީ ޔޫރޯ 2024 އޮފިޝަލް ސްޕޮންސާ ކަމުގައިވާ ހައިސެންސް ބްރޭންޑް އާއި ގުޅިގެން 12 މެއި 2024 އިން ފެށިގެން 15 ޖުލައި 2024 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުން ޖަރުމަނަށް ދިއުމުގެ ރަނުގެ ފުރުސަތެއް ދެ ފަރާތަކަށް ލިބިލައްވާނެކަމަށެވެ.

ރެޑްވޭވް ގެ ޔޫރޯ 2024 ޕްރޮމޯޝަން ގައި ހައިސެންސް ބްރޭންޑްގެ މުދަލަށް ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބިލައްވާނެ އެވެ. ޕްރޮމޯޝަންގެ ގުރުއަތުން ނެގިގެންދާނީ އެއް ނަސީބު ކޫޕަނެވެ. ނަސީބުވެރިޔާ އަށް 2 ފަރާތެއްގެ ޖަރުމަނު ދެކޮޅު ޓިކެޓު، 2 ފަރާތެއްގެ ޔޫރޯ 2024 ގެ ފައިނަލް މެޗްގެ ޓިކެޓު، ހޮޓެލް ސްޓޭ އަދި 500 ޑޮލަރ ލިބިލައްވާނެކަން ރެޑްވޭވް އިން ވަނީ މައުލޫމާތު ދީފައެވެ.

ހައިސެންސް ބްރޭންޑަކީ ރާއްޖޭގެ ގިނަބައެއްގެ އިތުބާރު ހޯދާފައިވާ، ދުނިޔޭގައި ވެސް ނަން ހިންގާ ބްރޭންޑެކެވެ.

ރެޑްވޭވް އިން މައުލޫމާތު ދޭގޮތުގައި ރެޑްވޭވްގެ ވެބްސައިޓުން ވެސް ހައިސެންސް ބްރޭންޑްގެ އެކި އިލެކްޓްރޯނިކްސް ސާމާނު ލިިބިލައްވާނެ އެވެ. އަދި ހައިސެންސް ވެބްސައިޓް އަދި ވައިބަރ ޑެލިވަރީ އޯޑަރު ތަކާއިއެކުގަ ވެސް ކޫޕަން ސީދާ ޑެލިވަރީ އެޑްރެހަށް ލިބިލައްވާނެ ކަމަށް ރެޑްވޭވް އިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު