އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާކަށްތޯ، ކޯއްޗެއްތޯ މި ސަރުކާރުން ހަވާލުވީފަހުން ނުލިބެނީ؟ ކޯއްޗެއްތޯ އުނިވީ؟ ކޮން މަޤާމެއްތޯ މަދުވީ؟ މުސާރަތައްވެސް މިދެނީ ކުރިއަށްވުރެ އެއްދުވަސް ކުރިން!: މެންބަރު ސަލީމް

ކާކަށްތޯ، ކޯއްޗެއްތޯ މި ސަރުކާރުން ހަވާލުވީފަހުން ނުލިބެނީ؟ ކޯއްޗެއްތޯ އުނިވީ؟ ކޮން މަޤާމެއްތޯ މަދުވީ؟ މުސާރަތައްވެސް މިދެނީ ކުރިއަށްވުރެ އެއްދުވަސް ކުރިން!: މެންބަރު ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

ބައެއް ފަރާތްތަކުން ދައްކާ ސަރުކާރު ބަނގުރޫޓުވާ ވާހަކައާ އަނެކައްޗަކާ މިކަހަލަ ވާހަކަތައް. މިހިރިއްޔަކީ ތެދު ޙަޤީގަތެއް ނޫން. ތިބޭފުޅުން ވިސާނާބަލާ މިދިޔަ 8 މަސްދުވަހުގެ ތެރޭގައި މުސާރަ ކުރިން ދޭ ދުވަހަށްވުރެން 1 ދުވަސް ކުރިން މިހާރު މުސާރަދޭ. 

ކާކަށްތޯ، ކޯއްޗެއްތޯ މި ސަރުކާރުން ހަވާލުވީފަހުން ނުލިބެނީ؟ ކޯއްޗެއްތޯ އުނިވީ؟ ކޮން މަޤާމެއްތޯ މަދުވީ؟ ސިވިލް ސާރވިސް އިން މީހަކު ކަނޑާލިތޯ؟ ނޫނި ކުންފުންޏަކުން މީހުންތަކެއް ކަނޑާލިތޯ؟ ނޫނީ އެހެން 

އެއްވެސް ދާއިރާއަކުން މުވައްޒިފަކު މަދު ކުރިތޯ؟ ނުކުރެ، ކުރިއްޔާ ކޮށްފަ އޮންނާނީ އިތުރު. ބައެއް ހާލަތްތަކުގަ އަޅުގަނޑުމެންނާ ދިމާއަށް އާދޭ އެބަ ސިޔާސީ މަޤާމުތައް މާ ގިނައޭ. ދައުލަތް ވަރުގަދައަށް ހިނގާ ކަމަށް ވަންޏާ ސިޔާސީ މަޤާމުތައް އަދިވެސް މި ޖެހެނީ އަޅުގަނޑުމެންނަށް އިތުރު ކުރަން. 

އެހެންމަ މިއަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭ ކަމެއް ނޫން. މި ސިޔާސީ މަޤާމެއް ދޭ ކޮންމެ ރައްޔިތަކީވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ މީ ބަންގުލަދޭޝް މީހެއް ނޫނީ އެހެން ދާއިރާގެ މީހެއް ނޫނީ އިންޑިއާ ނޫނީ އެހެން ރަށެއްގެވެސް މީހެއް ނޫން. މީ ދިވެހި ރައްޔިތުން. މީ ދިވެހި ރައްޔިތުންގެ ހަމަ ފެމިލީއެއް މިއިން ކޮންމެ މީހެއްގެވެސް އޮންނާނެ. މިއިން ކޮންމެ މީހެއްގެވެސް އާއިލާއެއް އޮންނާނެ. އެމީހުންވެސް ދިރިއުޅުމަށްޓަކާ މަޤާމު ބޭނުންވާނެ. ފައިސާ ބޭނުންވާނެ. އެހެން ކަންތައްތައްވެސް ބޭނުންވާނެ. 

ހަމަ އަޅުގަނޑުމެން މި ބޭނުން ފަދައިން ހަމަ އެންމެ ނިކަމެތި މީހާވެސް ބޭނުންވާނެ ރަނގަޅަށް ދިރިއުޅެން. އެހެންވީމަ އަޅުގަނޑުމެންގެ މަޤްޞަދަކީ މި ސަރުކާރުގައި އަދި ކުންފުނިތަކުގައި އިތުރު ވަޒީފާތައް އުފައްދައިގެން ނަމަވެސް، އަދި އެ ވަޒީފާ އުފެދޭނެ އެހެން ވަސީލަތްތައް މި ސަރުކާރުން ރައީސް މުޢިއްޒު ކުރިއަށް އޮތް ތަނުގައި ޤާއިމް ކުރާނެ. އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތްފުޅާ އެކީގައި މި 5 އަހަރުގެތެރޭގައި ވަޒީފާ ބޭނުންވާ މީހަކަށް ވަޒީފާ ނުލިބިއެއް ނުހުންނާނެ. ހުރިހާ މީހުން ތިބޭނީ ވަޒީފާގަ. އަދި އެމީހުން ތިބޭނީވެސް އެމީހުންނާ އެކަށީގެންވާ މުސާރައިގަ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ. 

މީވެގެން އުޅޭ އެއްޗަކީ ޙަޤީގަތުގައި، އަޅުގަނޑުމެންނަށް މި އުޅެނީކީއެއް، އަޅުގަނޑުމެން ސަރުކާރަށް އައީމަ ބައެއް ފަރާތްތަކުން އެބަބުނޭ ސަރުކާރާ ހަވާލުވީއިރުގަ ނޭންގޭހެއްޔޭ ސަރުކާރު އޮތް ހާލަތެއް؟ ވަގުތު ލިބުނޭ ސަރުކާރުގެ ހާލަތު ފާހަގަކުރަން. ވަރަށް ރަނގަޅު ވާހަކައެއް. ވަގުތު ލިބުނު. ސާފުވެސް ކުރެވެން ހުރި ވަރަށް ސަފުވެސް ކުރިން. އެހެންނަމަވެސް ކަމެއްގެ ޙަޤީގަތް އެނގޭ ހިސާބު އަންނާނީ ގޮނޑީގަ ގޮސް އިށިއިންނަތަނުން. އިށިއިނދެފަ ހަފްތާއެއްހާ ދުވަހުން މުޅި ހާލަތު އެމީހަކަށް އިނގޭނީ. އެހެން ނޫނިއްޔަކާ އެއްވެސް މީހަކަށް ނޭންގޭނެ. ވަރަށް ފަސޭހައިން ބުނެވިދާނެ ހާލަތު ނޭންގޭހެއްޔޭ؟ އަޅުގަނޑުމެންނަށްވެސް 

އެނގޭ ދަރަނި އޮތްވަރާ މި އެއްޗެހި އިނގެއޭ. އެހެންނަމަވެސް ދަރަނި ދައްކަން ރާވާފަ ހުރި ގޮތްތަކާއި މިހިރަ ހުރިހާ ނިޒާމެއް ހުރީ މިދިޔަ ސަރުކާރުން ފުނޑާލާފަ. އެ ނިޒާމު އަޅުގަނޑުމެން އަލުން މި ޤާއިމްކުރަނީ. 

އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުދުވަހު ތެރޭގައި އަޅުގަނޑުމެންގެ ލޯނުތަކާއި އެއްޗެހި ދެއްކުމުގަ އެއްވެސް މައްސަލައެއް ނޯއްނާނެ. މިއުޅެނީ ދިވެހިރާއްޖޭގައި ދިވެހި ރުފިޔާ މަދުވެގެނެއް ނޫނޭ. އަޅުގަނޑުމެން ލޯނު ދައްކަންޖެހޭނީ ދިވެހި ރުފިޔާޔަކުން ނޫނޭ. އަޅުގަނޑުމެން ލޯނުތައް ދައްކަންޖެހޭނީ ބޭރު ފައިސާއިން. އަޅުގަނޑުމެން މިއަންނަނީ ބޭރުފައިސާގެ މައްސަލަ މިޖެހެނީ. ލޯނު ނަގާފަ ހުރީ ބޭރު ފައިސާއިން. ތިބޭފުޅުން ނިކަން ވިސްނާބައްލަވާ 1 ބިލިއަން ރުފިޔާ އެއް އަހަރުން ދައްކާގޮތަށް މި ރާއްޖޭގެ ތާރީޚުގައިވެސް ލޯނެއް ނަގާފަކާ ނޯއްނާނެ. އަދި އާއްމު މީހަކުވެސް އެމީހާއަށް ނުދެއްކޭމިންވަރަކުންނެއް، އެމީހާއަށް ލިބޭ މަހު މުސާރައިގެ ނިސްބަތުން ނޫނީ ލޯނެއް ނުނަގާނެ. މިވަރުގެ ކަނޑުކޮސް ކަންތައް ކޮށްފަ އޮތް ސަރުކާރެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. މީ ކުޑަކުއްޖަކަށްވެސް އިނގޭ މިންވަރު. 1 ބިލިއަން ރުފިޔާއަކީ ދިވެހި ދަޢުލަތުގެ ޢާމްދަނީގެ ދެބައިކުޅަ އެއްބައި. 

މިސާލަކަށް ސިލޯނު. ސިލޯނު ބަނޑަށް ޖެހުނީއަކީއެއް ސިލޯނު ރުފިޔާ އެތާ ނެތިގެނެއް ނޫނޭ. ސިލޯނު ރުފިޔާ އެތަ އޮތް ބޭނުންވަރަކަށް. މިރާއްޖޭގަވެސް އަޅުގަނޑުމެން ޗާޕުކޮށްގެން ދިވެހި ފައިސާ ނެރެވިދާނެ. އެހެންނަމަވެސް އޭގެ މާނައަކީ ކޮބައިތޯ؟ އެއިން ކޮންކަމެއްތޯ އަޅުގަނޑުމެން ކުރާނީ. އެއީން ލޯނު ދެއްކޭނެތޯ؟ ނުދެއްކޭނެ! އެއީ އަޅުގަނޑުމެންގެ ރައީސް މުޢިއްޒުގެ ތޫނުފިލި ވިސްނުންފުޅު. ކިތަންމެވަރަކަށްވެސް ޖެހިދާނެ. ބާރުވެސް އެބައޮތް މަޖްލީހުގަވެސް އެބައޮތް ޕަވަރުވެސް. އެހެންނަމަވެސް އަޅުގަނޑުމެން އެކަން ކުރަން ބޭނުން ނުވަނި. 

- އޭދަފުށީ ދާޢިރާގެ މެމްބަރު އަޙުމަދު ސަލީމް ޕީއެންސީ ޖަގަހއިގަ ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު