އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ކަނޑައަޅައިފި

ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މާލެ ސަރަހައްދުގައި ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް، އަގުތައް ކަނޑައަޅައި އާންމުކޮށް ކޮށްފައިވާ އިއުލާންގައި އަގުތައް ކަނޑައަޅާފައިވާގޮތުން 7 އާއި 10 ދެމެދުގެ އުޅަނދުތަކުގައި މާލެ، ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވަހީގެ އެތެރޭގައި ދަތުރުކުރެވޭނީ 45 ރުފިޔާއަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ކުރާ ދަތުރަކަށް 130 ރުފިޔާ ކަނޑައަޅާފައިވާއިރު މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުގެ އަގަކަށް ކަނޑައަޅާފައިވަނީ 155 ރުފިޔާއެވެ. އަދި މޭލެއިން އެއަޕޯޓަށް ކުރާ ދަތުރުގެ އަގަކީ 110 ރުފިޔާއެވެ. 

މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދުގައި ކުރާ ދަތުރަކަށް ނެގޭނީ 60 ރުފިޔާކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއަޕޯޓަށް ކުރާ ދަތުރަކަށް ނެގޭނީ 125 ރުފިޔާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް ދަތުރުކުރެވެނެކަމަށް ކަނޑައަޅާފައިވަނީ 130 ރުފިޔާއަށެވެ.

6 ސީޓަށް ވުރެ މަދު އުޅަނދުގައި މާލެ، ހުޅުމާލެ 1، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރަކަށް ނަގާނީ މިހާރުވެސް ނަގާގޮތަށް 30 ރުފިޔާއެވެ. އަދި މާލެ އިން ހުޅުމާލެ 1 އަށް 85 ރުފިޔާ ނަގާގޮތަށް އޮތްއިރު މާލެ އިން ހުޅުމާލެ 2 އަށް 100 ރުފިޔާ ނަގަންވަނީ ހަމަޖައްސާފައެވެ. ހުޅުމާލެ 1 އިން މާލެ އަށް 85 ރުފިޔާއަށް ދަތުރެއް ކޮށްދޭއިރު މިނިސްޓްރީން ބުނެފައިވަނީ، އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10ރ. ނަގާނެކަމަށާއި އަދި ތިން ލަގެޖަށްވުރެ އިތުރަށް އަރުވާ ލަގެޖަށް 5 ރުފިޔާ ނަގާނެކަމަށެވެ.

ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް، ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު