އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު
ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ވެހިކަލަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ވެހިކަލެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެމީހާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
Advertisement
15 މެއި 2024