އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދި މީހުންގެ އަދަދު 700 އަށް ވުރެމައްޗަށް!

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދި މީހުންގެ އަދަދު 700 އަށް ވުރެމައްޗަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދި މީހުންގެ އަދަދު 700 އަށް ވުރެމައްޗަށް އަރާފައިވާކަމަށް ތަފާސްހިސާބުތައް ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެ ހޮސްޕިޓަލުން 291 މީހުން މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެއީ 132 ފިރިހެނުންނާއި 159 އަންހެނުންނެވެ. މީގެ އިތުރުން މިހާރުވެސް ވެއިޓްލިސްޓްގައި 377 މީހުން ތިބިކަމަށް އެހޮސްޕިޓަލުން މަޢޫލޫމާތުދެއްވައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ 147 އަންހެނުންނާއި 147 ފިރިހެނުންނެވެ. އަދި އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ 57 އަންހެނުންނާއި 26 ފިރިހެނުން އެބަތިބިކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއްވިއެވެ.

މީގެއިތުރުން އިތުރުން ހުޅުމާލެ ހޮސްޕިޓަލުން މިހާތަނަށް 505 މީހެއްގެ މެޑިކަލް ޗެކްއަޕް ވަނީ ހަދާފައެވެ. 

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖެއްސީ ޖެނުއަރިީ 1، 2024 ގައެވެ. އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މިވަގުތު މެޑިކަލް ޗެކަޕް ހެދެނީ އުމުރުން 35 އަހަރުން މަތީގެ މީހުންނަށެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު