އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
ފަލަޞްޠީނުގެ ހިތްދަތި ޙާލަތާގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫނު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖައްސަވައިފިއެވެ.
އެކަން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވެފައިވަނީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިޚުލާޞްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު ކަމަށެވެ.
މިނިސްޓަރ ފާހަގަކުރައްވާފައި އެވަނީ ޤުނޫތު ނާޒިލާ ކިޔުމުގެ އިތުރުން ކޮންމެ މީހަކުވެސް ވީހައި ގިނައިން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ހެޔޮދުޢާ ކުރުން ގިނަކުރުމުގެ މުހިންމުކަން ކަމުގައި ފާހަގަކުރެވެއެވެ.
Advertisement
29 މެއި 2024