އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ޢާންމުކުރި ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގަ ހިމެނޭ މުހިންމު ކަންތައްތައް-

މިއަދު ޢާންމުކުރި ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގަ ހިމެނޭ މުހިންމު ކަންތައްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 6 ސިކުންތު

ދިވެހި ފުލުހުންގެ ޚިދުމަތުގެ، ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކޮށްފިއެވެ.

ސްޓްރެޓީޖިކް ޕްލޭންގެ މުހިންމު ބައިތައް 

· ޕްރިއޯރިޓީ 1

Combating Criminal Threats

o  މި ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަރުކަޒީ އަދި ސަރަޙައްދީ ޤާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ޙަރަކާތްތެރިވެ، ގޭންގް މާރާމާރީތައް ހުއްޓުވައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި، އަދި ހިއުމަން ޓްރެފިކިންގ، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވައިދާ ޚިލާފްވުން، ސައިބަރ ކްރައިމް، ޓެރަރިޒަމް އަދި ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑަރ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާއި ގުޅިގެން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން. 

· ޕްރިއޯރިޓީ 2

Prioritising Community Engagement and Policing

ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ކޮމިއުނިޓީ ޕޮލިސިންގ މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ޚިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުން.

· ޕްރިއޯރިޓީ 3

Modernising and Upgrading Police Infrastructure and Practice

ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ،  އަދި އެހެނިހެން ވަޞީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ  ފެންވަރަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުން. އަދި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން.

· ޕްރިއޯރިޓީ 4

Fostering Effective Governance and Leadership Development

ފުލުހުން ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި އެތެރޭގައި ގާއިމްކުރެވިފައިވާ  ޑިޕާރޓްމަންޓްތަކާއި، ސިސްޓަމްތަކާއި، ޕްރޮސެސްތަކާއި ގަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖަރތައް، ރިވިއުކޮށް ރަނގަޅުކުރުމަށް އިސްކަންދީ، ކޯ ޕޮލިސިންގ ފަންކްޝަންތައް އަދި ހުރިހާ ލެވެލްއެއްގައި ލީޑަރޝިޕް އެޕްރޯޗް ހަރުދަނާކޮށް، ހުނަރުވެރި ގާބިލް ދުޅަހެޔޮ މުވައްޒަފުން ބިނާކޮށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުން.

· ޕްރިއޯރިޓީ 5

Ensuring Accountability and Ethical Conduct

ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ޚިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ޚިދުމަތަކަށް ހަދައި ، ނަޒާހަތްތެރިކަމުގެ ސަޤާފަތެއް އުފެއްދުން.

·  ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޚް ކުރުމާއެކު ފުލުހުންގެ އަމަލީ މަސައްކަތް ފެށިގެން މިދަނީ އާ ހިތްވަރަކާއެކު ގައުމީ ޖޯޝުގަ. މާތްވެގެންވާ އިސްލާމްދީނާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ، ޤާނޫނުތަކަށް ތެދުވެރިވެ، ޤާނޫނާ ޤަވާއިދުތައް ތަންފީޒުކުރުމުގައި ކެރިގެން ކުރިމަތިލާ ބައެއްގެ ގޮތުގަ. ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ކަށަވަރުކޮށް، ކުށުގެ ވެށިން ސަލާމަތްކުރެވިފައވާ ރައްކާތެރި މުޖުތަމައަކަށް މި ދިވެހި ގައުމު ހެދުމުގެ ފޮނި އުންމީދުގަ. އެހެންކަމުން އަޅުގަނޑުމެން ފުލުހުން މިއަދު މިތިބީ މި ހުވަފެންތަކުގައި ކުލަ ޖެެއްސުމަށް ފުލުހުންގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމުގައި ކިޔަމަންތެރި ޒިންމާދާރުބައެއް ގޮތުގައި ދެމިތިބުމުގެ އަަޒުމުގަ.

ކުރިއަށްއޮތް ހަތަރު އަހަރު ތެރޭގައި ފުލުހުންގެ ޙިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް  ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހާސިލްވެގެންދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި،

1. މަސްތުވާތަކެއްޗާއި ގޭންގް ވައިލެންސްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާއި ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ޤާއިމްކުރުން.

2. ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކާ އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުން.

3. ނެއިބަރހުޑް ޕޮލިސިންގ އިތުރަށް  ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުން.

4. މުސްތަޤްބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ޤާއިމުކުރުން.

5. އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުން.

6. ޕޮލިސް ބޭސިކް ސްކިލްސް ތަރައްޤީކުރުމާއި  އަދި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުން.

7. ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒްކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯރކް ބޭނުންކުރުން.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު