އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ޔޫތް މިނިސްޓްރީން އާންމު ކުރި ޕޯސްޓެއްގައި މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ، އަބުރުވެރި މިނިވަން މީޑިއާއެއް އުފެއްދުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލެއް ކަނޑައެޅުމުގެ ކަންކަން ކުރިޔަށްދާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގައި މީޑިއާއަށް ވަކި އަދަދެއް ކަނޑައެޅުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ބޭނުން ވަނީ ހިޔާލުތައް ހޯދައި މީޑިއާތަކުގެ ހުރި ކަންބޮޑުވުންތައް ވެސް އަޑުއެހުމަށް ކަމަށެވެ. އަދި މީޑިއާތަކަށް ފައިސާ ދިނުމުގައި ގެންގުޅެންވީ ކޮން އުސޫލަކާއި، ހަމަތަކެއްތޯ ދެނެގަތުމުގެ މުހިންމުކަން މިނިސްޓަރ އިބްރާހިމް ވަހީދު ފާހަގަކުރެއްވިއެވެ.

" މީގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި މަސައްކަތެއްގެގޮތުގަ، ސަލާންޖަހަން ނުޖެހި، ވަކި ބައެއްގެ މުށުތެރޭގަ އޮތްއޮތުންނިމުމަކަށް ގެނެސް، އަމިއްލަ ފައިމައްޗަށްތެދުވެ، މިނިވަން ނޫސްވެރިކަމެއް އޮންނަ ގައުމެއްގެ ގޮތުގަ އޮތުން، މިމަސައްކަތް ކުރުމަށްޓަކާ ފަށާ ސިލްސިލާ މަސައްކަތެއްގެ ފެށުން މިއީ" މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މަޖިލީހުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލައިރު މީޑިއާތަކަށް ދޭނެ ފައިސާ ހިމަނާނެކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު