އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު
ރާއްޖެއިން ހައްޖަށް ދިޔަ ބޭފުޅުންގެ ތެރެއިން އެންމެ އިސް ވެރިއެއްގެ ގޮތުގައި ވަޑައިގެންނެވި އަމީރުލް ހައްޖު، ޑރ. އިސްމާއިލް ޝަފީއުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދިވެހި ހައްޖާޖީންނާ ބައްދަލު ކުރައްވައިފިއެވެ.
ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާ ޢަމީރުލް ޙައްޖު ޑރ.އިސްމާޢީލް ޝަފީޢު ވަނީ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިއަހަރު ރާއްޖެއިން 1100 އަށް ވުރެ ގިނަ ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އައިސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިއީ ފަހުގެ ތާރީޚެއްގައި ގިނަ ދިވެހިން ޙައްޖަށް އައިސްފައިވާ އަހަރުކަން ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވާކަމަށާއި ޙައްޖުގެ އަޅުކަން ނިންމާލަންވާނީ ކެތްތެރިކަމާއި ހިތްހެޔޮކަމާއެކުކަމަށެވެ.
މި ފަހަރު ހައްޖަށް ދިޔަ މީހުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެއެވެ.
Advertisement
12 ޖޫން 2024