އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމަ ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ

ހޯމަ ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު 24 ވާ ހޯމަ ދުވަހު ރާއްޖެ އައުމަށް ފުރާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ދިވެހިންވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަނބުރާ ރާއްޖެ އައުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އޭގެތެރެއިން ފުރަތަމަ ގުރޫފް މިމަހުގެ 24 ވަނަ ދުވަސް އައުމަށް ހަމަޖެހިފައިވާއިރު ދެވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި އަންނަ މަހުގެ 1 ވަނަދުވަހު ތިންވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވާއިރު ހަތަރުވަނަ ގްރޫޕް އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 ދިވެހި ޙައްޖުވެރިން މިއަހަރު ސަޢުދީއަށް ގޮސްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު