އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ-: ޝައިޚް އަނީލް

ޙައްޖުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ-: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

1445 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން ފުރިހަމަ ގޮތުގައި އިންތިޒާމު ކުރައްވާފައިވާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އަށާއި ދިވެހި ޙައްޖު މިޝަން، އަދި ޙައްޖު ކޯޕަރޭޝަނަށް ޝުކުރާއި މަރުހަބާ ދަންނަވަން. 

ފާއިތުވި 2 އަހަރުގެ ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ޙަރަކާތްތެރިވި މީހެއްގެ ހައިސިއްޔަތުން، ވުޒާރާގެ ޓީމުން މިއަހަރުގެ ޙައްޖުގެ ކަންކަމާ ގުޅިގެން ކުރެއްވި މަސައްކަތާމެދު ފަޚުރުވެރިވަން. އަދި ކޯޕަރޭޝަންގެ އިޚްލާޞްތެރި މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ޓީމަށް ޝުކުރު ދަންނަވަން. މާތް ﷲ ހެޔޮ ދަރުމަ ދެއްވާށި!

އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ އެއް ކަމަކީ، މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުން ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ޙަވާލުކުރެއްވިކަން. އޭގެ ސަބަބުން މިދިޔަ އަހަރުތަކުގައި ދިމާވި އެތައް ކަމެއް ހައްލުވެގެން ދިޔަ. އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނަން. 

ޙައްޖުގެ އޮޕަރޭޝަނަކީ ބުރަބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނެއް. ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި އަހަރަކަށްވުރެ އަހަރެއް ކަންކަން ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި ވުޒާރާއިން އަބަދުވެސް ކުރައްވަމުން ގެންދަވާ. މިއަހަރުވެސް ޙައްޖުގެ ކަންކަމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެއްވުނު ކަމަށާއި އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި. 

ދުރުގައި ތިބެ، ސޯޝަލްމީޑިއާގައި ފާޑުކިޔުމަކީ ނުހަނު ފަސޭހަ ކަމެއް. އެއިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށް އިދިކީލަ ސިޔާސީ ނަޒަރަކުން ނޫނީ ބަލާލަން ނޭނގޭ މީހަކަށް މިހިރަ މިހަރަ ކަންކަން ވިސްނައިގަތުމާއި ބަލައިގަތުން ފަސޭހަ ނުވާނެ. އިސްލާމިކް މިނިސްޓްރީގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ އިސްލާމްދީންދެކެ ލޯބިވާ، ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ދެކެން. ސިޔާސީ މީހުން ބަދަލުވާނެ. އެހެނަސް ވުޒާރާގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެ. މި ފުރުޞަތުގައި ޢިއްޒަތްތެރި ވަޒީރު، ޑރ. ޝަހީމް އަށް ޝުކުރު ދަންނަވަން. އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަން.

- ޝައިޚް މުޙައްމަދު އަނީލް / ކުރީ ސަރުކާރުގަ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ

 https://x.com/aneelmv/status/1803725769195327493

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު