އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ދިވެހި ރާއްޖެއިން އެކުވެރި އަރބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ހުސައިން ޝަރީފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި އަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާންއަށް އަރުވައިފިއެވެ.
ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސަފީރުގެ ފަތްކޮޅު އެރުވުމުގެ އިތުރުން ދިވެހި ދިދަ ނަންގަވާފައިވެ އެވެ.
މިރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަގީންކަން އަރުވައިފަ އެވެ. އަދި އެ ކަންކުރުމުގައި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި އެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ކަށަވަރު ކޮށްދެއްވިއެވެ.
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހިންގެ ފަރާތުން ޔޫއޭއީގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
Advertisement
15 ޖޫން 2024