އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު
ދީނީ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ބާރުއެޅުންކަމަށް 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވައިފިއެވެ.
މީގެތެރެއިން ފުރަތަމަ މޮނިއުމެންޓު ފަރުމާ ކޮށްފައިވަނީ މާތް ﷲގެ އިސްމުފުޅު ރަމްޒުވާފަދަ ގޮތަކަށެވެ. އަދި ދެވަނަ މޮނިއުމެންޓު ފަރުމާކޮށްފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ނަންފުޅު ރަމްޒުވާފަދަ ގޮތަކަށެވެ.
މި މޮނިއުމެންޓުތައް ހުޅުވުމަށް ތިނަދޫގައި ބޭއްވި ވަނީ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ، މިފަދަ މޮނިއުމެންޓެއް ތިނަދޫގައި ޤާއިމްކުރެވިގެން ދިއުމަކީ ތިނަދޫގެ ރައްޔިތުން ފަޚުރުވެރިވެ އުފާކުރަންޖެހޭކަމެއް ކަމަށާއި މިފަދަ ދީނީ ޝިޢާރުތައް ރަމްޒުވާފަދަ މޮނިއުމެންޓެއް ބެހެއްޓުމުގެ ބޭނުމަކީ ދީނީ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ބާރުއެޅުންކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ދެ މޮނިއުމެންޓު ހުޅުވާފައިވަނީ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
Advertisement
17 ޖޫން 2024