އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަހިވެތިވުމަކީ ބިރުހުރިކަމެއް!: ފަޤީރަކު އެހީތެރިކަމަށް އެދުމުން ހެދޭ ހަމަ އެންމެ ދޮގެއްގެ ސަބަބުންވެސް ތިބާގެ މުއްސަނދިކަން އެކުގައި ގެއްލިދާނެ!

ދަހިވެތިވުމަކީ ބިރުހުރިކަމެއް!: ފަޤީރަކު އެހީތެރިކަމަށް އެދުމުން ހެދޭ ހަމަ އެންމެ ދޮގެއްގެ ސަބަބުންވެސް ތިބާގެ މުއްސަނދިކަން އެކުގައި ގެއްލިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ދަހިމީހުންގެ ތެރެއިން ބައެއް މީހުން ދުނިޔޭގައި އުޅެނީ ތަނަވަސްކަމުގައެވެ. އެމީހުންގެ ތަނަވަސްކަން ދުނިޔޭގައި ދެމިގެންދަނީ އެމީހުންގެ ދަހިކަމާއި ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާކަން ﷲ ތަޢާލާ ދެނެވޮޑިނުގަންނަވާތީއެއް ނޫނެވެ. އެމީހުންނަށް ވިސްނި އިޞްލާހްވޭތޯއެވެ! ފުރުޞަތުގެ ބޭނުން ނުކުރިނަމަ ދެއްވަވާނެ ޢަޛާބުގެ ގަދަފަދަކަން މިއަދު ހިތަށްވެސް ނުގެނެވޭނެއެވެ.

ތިމާގެ ކިބައިގައި ފުދުންތެރިކަން ހުރެމެ، މީހަކު ކަމަކު އެދުމުން އެކަން ކޮށްދޭނެ ފުދުންތެރިކަން ނެތްކަމަށް ބުނެ ބައެއް މީހުން ދޮގުހަދައެވެ. އެއީ ކުރާ ވަރަށް ބޮޑު ކުށެކެވެ! ވަރަށް ބޮޑު ފާފައެކެވެ!

ކަމަކު އެދުނު މީހާގެ ޙާލަތުވެސް ﷲ ދެކެދެނވޮޑިގެންވާ ފަދައިން އެދެވުނު މީހާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކައުންޓުގައާއި ގޭގެ ތިޖޫރީގައާއި ވޮލެޓުގައި އެނޫންވެސް ތަންތަނުގައި ހުރި ފައިސާތަކުގެ ޢަދަދު އެކަންޏެއް ނޫނެވެ. ހުރި ވަކިލާރީގެ ޢަދަދުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ!

އެހީވެދޭން ބޭނުން ނޫން ނަމަ އެކަން ރީތިބަހުން ބުނާށެވެ! އެއިރުން ދެއްވަވާނީ ހަމައެކަނި ޞަދަޤާތް ނުކުރިކަމުގެ ޖަޒާއެވެ! ނަމަވެސް އަތުގައި ހުރެމެ ނެތްކަމަށް ބުނުމުން ދޮގުހެދި ކަމުގެ ފާފަ އިތުރުވެގެންދާނެއެވެ! އަދި އެއިރުން އެ ލިބިގަނެވެނީ ފާފަ މަތިމައްޗަށެވެ!

ތިބާގެ އަތުގައި އޮތް އެންމެ ވަކިލާރިފޮތިވެސް، އަދި އަތުގައި މިލިއަނުން ހުރި ފައިސާ ވެސް ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ! ދެއްވެވި ފަދައިން އަނބުރައި ގެންދެވުމަކީ ނުވަތަ ނެތިކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަން ހިތަށް ގެނެސް ބިރުވެތިވާށެވެ!

ދަހިވެތިކަން ބޮޑުވުމުން ނިކަމެތި ކުރެއްވެވީ ކިތައް މީހުން ކަމާއި އަދި ދީލަތްތެރިކަން އިތުރު ކުރުމުން ތަނަވަސްކަން އިތުރުކޮށް ދެއްވެވީ ކިތައް މީހުންނަށް ކަމާއިމެދުގައި ފުންކޮށް ވިސްނައިލާށެވެ! ބުއްދިވެރިންނަކީ ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް