އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު
މިއަހަރުގެ މޭމަހު މުދަލު ޒަކާތް ދެއްކި އަދަދު ދެގުނައަށް އިތުރުވެއްޖެއެވެ.
މިކަމާއިގުޅިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވަނީ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 4.5 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 46.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 48.1 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ދައްކަންޖެހޭ ނިސާބަށް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސްފައެވެ. މިހާރު ރާއްޖޭގައި މުދަލު ޒަކާތް ދައްކަންޖެހޭ ނިސާބަކީ 9353.40 ރުފިޔާއެވެ.
Advertisement
18 ޖޫން 2024