އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުކައި ތިއަ އުކާލާ ބޯވެލިފަތަކީ ހަކުރުބަލީގެ މީހުންނަށާ އިސްތަށިގަނޑަށާ ހަންގަނޑަށް ކިހާބޮޑެތި ފައިދާތަކެއް ހޯދައިދޭ ފަތެއްކަން އެނގޭތަ؟

ނުކައި ތިއަ އުކާލާ ބޯވެލިފަތަކީ ހަކުރުބަލީގެ މީހުންނަށާ އިސްތަށިގަނޑަށާ ހަންގަނޑަށް ކިހާބޮޑެތި ފައިދާތަކެއް ހޯދައިދޭ ފަތެއްކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

އުންމު ނަވާރު

 

ބޯވެލި ފަތް ( ސްޕިނިޗް ) އަކީ ހަށިގަނޑަށް ގިނަ ގިނު ފައިދާތައް ލިއްބައިދޭ ފަތެކެވެ. މިފަތަކީ ކެލޮރީސް މަދު ނަމަވެސް ވިޓަމިންސްއާއި ނިއުޓްއެންޓްސް އަދި ފައިބަރ ގިނައިން އެކެލެވޭ ފަތެކެވެ. ފެހިކަން ގަދަ މިފަތަކީ ހަންގަނޑާއި އިސްތަށިގަނޑާއި އަދި ކަށިތަކަށްވެސް ފައިދާ ހުރި ފަތެކެވެ.

1. ދަގަނޑުގެ މާއްދާ ގިނަ ފަތެއް

ބޯވެލި ފަތަކީ ދަގަނޑުގެ މާއްދާ ގިނައިން އެކުލެވޭ ފަތެކެވެ. ދަގަނޑުގެ މާއްދާއަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. ލޭގައި އޮކްސިޖަން އުފުލުމަށް އެހީތެރިވާ މާއްދާއެއް ކަމަށްވާ ހީމޯގްލޯބިން އުފައްދައިދެނީ ދަގަނޑުގެ މާއްދާއިންނެވެ. ހަށިގނަޑުގެ ދިފާއީ ނިޒާމާއި ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮ ގޮތުގައި މަސައްކަތް ކުރުމަށް ދަގަނޑުގެ މާއްދާ ހަށިގަނޑަށް ބޭނުންވެއެވެ. މާބަނޑު ދުވަސްވަރު ދުޅަހެޔޮ ޞިއްހަތަށްޓަކާ ހަށިގަނޑަށް ދަގަނޑުގެ މާއްދާ ބޭނުންވެއެވެ.

މަހުގެ ބާވަތްތަކަށް ވުރެން ގަސްގަހާގެހީގެ ވައްތަރުތަކުން ހަށިގަނޑަށް ދަގަނޑުގެ މާއްދާ ނަގައިދޭ މިންވަރުން މަދެވެ. ގަސްގަހާގެހީގެ ވައްތަރުތަކުން ހަށިގަނޑަށް ދަގަނޑުގެ މާއްދާ ނަގައިދޭ މިންވަރު ރަނގަޅު ކުރުމަށްޓަކައި ކެއުމުގައި ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ބާވަތްތައް ހިމަނާލަން ވާނެއެވެ. އެއީ ވިޓަމިން ސީ އަކީ ދަގަނޑުގެ މާއްދާ ހަށިގަނޑަށް ނަގައި ދިމުނަށް އެހީތެރިވާ ވިޓަމިންއަކަށް ވާތީއެވެ.

2. ހަކުރުބަލި މީހުންގެ ހަކުރު އެއްވަރެއްގައި ހިފަހައްޓައި ދިމުމަށް އެހީތެރިވުން

ބޯވެލިފަތުގައި އަލްފާ-ލިޕޮއިކް އެސިޑް ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓެއް އެކުލެވިގެންވާ އިރު، ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ބަލި މީހުންގެ ގްލޫކޯޒް ލެވެލް ދަށްކޮށް، އިންސިއުލިން ސެންސިޓިވިޓީ އިތުރުކޮށްދެއެވެ. އަދި ހަކުރު ބަލި މީހުންގެ އޮކްސިޑޭޓިވް، ސްޓްރެސް އިންޑިއުސްޑް ބަދަލުތަކުން ދުރުކޮށްދެ އެވެ.

3. އިސްތަށިގަނޑާއި ހަންގަނޑު ދުޅަހެޔޮކޮށް ބަހައްޓައިދިނުމަށް އެހީތެރިވުން

ބޯވެލިފަތުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވާ އިރު، މިއީ ހަންގަނޑާއި އިސްތަށިގަނޑު މޮއިސްޗަރައިޒް ކުރުމަށް ހަމުގެ ޕޯރްސް، އިސްތަށީގެ ލޯލިތަކުގައި ތެޔޮ އުފައްދާ މިންވަރު ދަށްކޮށްދޭ މާއްދާއެކެވެ. ވިޓަމިން އޭ އަކީ ހަންގަނޑާއި އިސްތަށިގަނޑު ހިމެނޭ ގޮތަށް ހަށިގަނޑުގެ ހުރިހާ ޓިޝޫތަކެއް އުފެދުމަށް ވެސް ބޭނުންވާ މާއްދާއެކެވެ.

ވިޓަމިން ސީ އެކުލެވޭ ބޯވެލިފަތުގައާއި އެހެނިހެން ފަތްޕިލާވެލީގެ ބާވަތްތަކަކީ ހަށިގަނޑުގައި ކޮލާޖަން އުފައްދައިދީ ދަމަހައްޓައިދުނުމަށް އެހީތެރިވާ މާއްދާއެކެވެ. ކޮލާޖަންއަކީ ހަންގަނޑުގައި ރޫ ޖެހުން ކުޑަކޮށްދޭ މާއްދާއެކެވެ. އަދި ހަންގަނޑާއި އިސްތަށިގަނޑަށް ސްޓްރަކްޗާ ފޯރުކޮށްދެއެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

ލިޔުނީ: އުންމު ނަވާރު

މަސްދަރު

Cleveland Clinic (2024a) 7 reasons you should eat more spinach, Cleveland Clinic. Available at: https://health.clevelandclinic.org/benefits-of-spinach (Accessed: 15 June 2024).

 

Ware, M. Health benefits and nutritional value of spinach, Medical News Today. Available at: https://www.medicalnewstoday.com/articles/270609#benefits (Accessed: 15 June 2024).

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް