އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ނެތިފަ ކޮފީތަކަށް ޚަރަދުކުރުމާ ބޮޑުއަގު ދީފަ "މަސާޖް" ކުރުން ހުއްޓާލައިގެން ނޫނީ އަތްމަތި ތިޔާގިވާނީ ކިހިނަކުންތޯ؟

އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާ ނެތިފަ ކޮފީތަކަށް ޚަރަދުކުރުމާ ބޮޑުއަގު ދީފަ "މަސާޖް" ކުރުން ހުއްޓާލައިގެން ނޫނީ އަތްމަތި ތިޔާގިވާނީ ކިހިނަކުންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

އަޅުގަނޑަކީ 33 އަހަރުގެ ޒުވާނެކެވެ. 3 ދަރިންގެ މަންމައެކެވެ. ދިރިއުޅެނީވެސް ފިރިމީހާ އާއިއެކުގައެވެ. ފިރިމީހާއަކީ ވަޒީފާއަދާކުރާ މީހެކެވެ. މެދުމިނު މުސާރައެއް ލިބެއެވެ. އެކަމަކުވެސް މަހުގެ ފަހުކޮޅަށް އެޅުމުން ގެއަށާއި ދަރިންނަށް ކުރަންޖެހޭ ކަންކަން ކުރުނަ އޮންނަނީ ވަރަށް ދަތިކަމަކަށްވެފައެވެ. ފިރިމީހާ ބުނަނީ އަތުގައި ފައިސާ ނެތް ކަމަށެވެ. އަންނަ މަހުގެ މުސާރަ ލިބެންދެން މަޑުކުރުމަށެވެ. 

އަޅުގަނޑުގެ ކަންބޮޑުވަމަކީ ފިރިމީހާ އަތުގައި ފައިސާ ނުހުންނައިރުވެސް އެކުވެރިންނާއިއެކު ކޮފީއަށްގޮސް އެބާވަތުގެ ޚަރަދުތައް ކުރާކަމެވެ. ގެއަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް މަޑުޖައްސާލަން ބުނެފައި ކިފީތަކަށްގޮސް ޚަރަދުތައްކުރާކަމެވެ. 

އަޅުގަނޑު ޚިޔާލަކަށް އަހާލަން ބޭނުންވަނީ މިބާވަތުގެ ކަންކަމާއި ގުޅިގެން ފިރިމީހާއަށް ބަހެއް ބުނުމަކީ ޝަކުވާކުރުން ކަމުގައިވެ ފާފަވެރިވާނެތޯއެވެ؟ 

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލައިގައި ބުނަންޖެހެނީ ފިރިމީހާއަށް ވިސްނައިދޭން މަސައްކަތްކުރުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ އެއީ އެއްވެސް ޙާލެއްގައި ޝަކުވާކުރުން ކަމަކަށް ނުވާނެއެވެ. ތިބާގެ ބަސް ޤަބޫލުނުކުރާނަމަ ހެޔޮލަފާ އެކުވެރިންލައްވައިވެސް ނަޞޭޙަތްދޭށެވެ. ދީނީ ޢިލްމްވެރިން ލައްވައިވެސް ނަޞޭޙަތްދޭށެވެ. 

އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. 

އަނިބިންނަށް ހަދިޔާ ދިނުމާއިބެހޭ ގޮތުން މިއަދުނޫހުގައި ލިޔުނު ލިޔުން އަޅުގަނޑުވެސް ކިޔައިލީމެވެ. ކޮމެންޓްތައްވެސް ކިޔައިލީމެވެ. އަދި ބައެއް އެކުވެރިން ދެއްކި ވާހަކަތައްވެސް އަޑުއެހީމެވެ. 

އަޅުގަނޑު މިވާހަކަ މިބުނަނީ ކޮންމެހެން ހަދިޔާދޭނެ ފައިސާ ނެތިގެން ކޮމެންޓްކުރި ކިޔުންތެރިންނަކަށް ނޫނެވެ. އެމީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް ދަތިޙާލުގައި ތިބި ބައަކަށްވެސް ވެދާނެކަމަށްޔުމުގައި ބަޔާންކޮށްފައި އޮތްކަމެވެ. 

އަޅުގަނޑު ބުނެލަން ބޭނުމީ ހަދިޔާ ދިނުމުގެ އިތުރުން އަނބިންނަށް ކޮށްދޭން ޖެހޭ ކަންކަން ފައިސާ ނެތްކަމަށްބުނެ ކޮށްނުދޭ ފިރިން އެކުވެރިން ގޮވައިގެން ކޮފީތަކުގައި އިންދާ ފެންނަނީ އެތަންތަނުން ހިލޭ ކޮފީދޭތީ ހެއްޔެވެ؟ ދަތިޙާލުގައި ހުރިކަމަށް އަނބިން ގާތުގައި ބުނެފައި އައިސް ރައްޓެހިންނާއިއެކުގައި ކޮފީ ބޮޔެފައި ބިލްކަނޑާލާތަން އެތައް ފަހަރަކު ވަނީ އަޅުގަނޑަށް ފެނިފައެވެ. އަދި އެކަން ފާހަގަކޮށް އަޅުގަނޑުގެ ފިރިމީހާވެސް އަޅުގަނޑު ގާތުގައި އެތައް ފަހަރަކު ވަނީ އެވާހަކަދައްކައިފައެވެ. "އެކުވެރިންގެ ތެރެއިން މިވެނި މީހަކު މިއަދުވެސް ކޮފީއަށް މިހާވަރުގެ ބިލެއް ކަނޑައިލި" ކަމަށް ބުނެއެވެ. 

ވީމާ ބުނެލަން ބޭނުމީ ޚިޔާލުތަފާތުވި ނަމަވެސް މިއީ ހަމަ އޮތް އިޖުތިމާޢީ މައްސައްލައެއް ކަމަށެވެ. އަނބިދަރިންނަށް ޚަރަދުކުރަންވުމުން ފައިސާ ނެތިފައި، ގޭގެ ބިލްތައް ދައްކާނެ ފައިސާ  ނެތިފައި ނަން މަޝްހޫރު ސެލޫންތަކަށާއި މަސާޖްޕާލާތަކަށްގޮސް  ބޮޑުއަގުދީފަ "މަސާޖް"ކުރުން ހުއްޓާލައިގެން ނޫނީ ދަތިކަމެއް ނުފިލާނެ ނޫންތޯއެވެ.؟ 

ހިލޭ އަންހެނުން ލައްވައި މަސާޖްކުރުވުމަކީ ޙަރާމަކަމެއް ނޫންތޯއެވެ؟ މަސާޖްކުރުމުގެ ނަމުގައި އެންމެ ބޮޑެތި ޙަރާމްކަންކަން ކުރީމާ ކުރެވޭ ފާފަ އެތައް ގުނައަކަށް ބޮޑުނުވާނެތޯއެވެ؟ ޙަރާމްކަންކަން ކުރުމާއި ޙަރާމްކަންކަން ކުރަން ފައިސާ ޚަރަދުކުރުމަކީ ރިޒްޤް ދަތިވާ ކަމެއްކަމަށް ޢިލްމްވެރިން ވިދާޅުވާ އަޑު އަހަމެވެ. 

- ވަޙިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް