އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް 150 ޓަނުގެ މުދަލާއެކު ކާގޯ ގެންދަން ފަށައިފިއެވެ.
އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް އެމްޕީއެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން މި މަހުން ފެށިގެން ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައިވާއިރު ފުރަތަމަ ބޯޓު ވަނީ ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ގޮސްފައެވެ. މިބޯޓުގައި 150 ޓަނުގެ މުދާ ވަނީ ގެންގޮސްފައެވެ.
މިކަމާގުޅިގެން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ދާއިމީކޮށް އިންޑިއާއިން އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ގެނައުމާއި ހިތަދޫ ޕޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކޮށް އިންޑިއާގެ ޓުޓިކޮރިންއިން ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ދަތުރުތައް ކުރިއަށްގެންދިއުމަށް ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
Advertisement
12 ޖުލައި 2024