އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ރާއްޖެއިން ފަލަސްޠީނަށް 1.29 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއް ހަދިޔާކުރަން ހަމަޖެހިފައިވާކަން ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.
އދގެ މައި މަރުކަޒުގައި ކުރިއަށްދިޔަ 'ޔޫ.އެން.އާރް.ޑަބްލިއު.އޭ ޕްލެޖިންގް ކޮންފަރަންސް' ގައި ޑރ. އަލީ ނަސީރު ވިދާޅުވީ ދިވެހިރާއްޖެއިން އދ އިން ފަލަސްތީނަށް އެހީވާ މަރުކަޒަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ.
ރާއްޖޭން މި އެހީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ "އަންރުވާ" ފަންޑު މެދުވެރިކޮށެވެ. "އަންރުވާ" އަކީ އދ.ގެ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49،800 އެމެރިކާ ޑޮލަރު ވެސް އދ މެދުވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ވާކަން ޑރ. އަލީ ނަސީރު ފާހަގަ ކުރެއްވިއެވެ.
Advertisement
13 ޖުލައި 2024