އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެދުމަށް ޕޯޓަލެއް ހެދަނީ

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެދުމަށް ޕޯޓަލެއް ހެދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެދުމަށް ޕޯޓަލެއް ހެދުމަށް ޕޯޓަލެއް ހެދުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީ.އެން.އާރްއިން ފަށައިފިއެވެ.

މިކަމާޣުޅިގެން ދައުލަތުގެ މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ޑީ.އެން.އާރް ހިންގެވުމާ ހަވާލުވެ ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު މިނިސްޓަރު އަޙްމަދު ޢާލީ ވިދާޅުވީ، ކޯވިޑް-19ގެ ކުރިން އެޕްލިކޭޝަން ހުށައެޅުމުން އައިޑީ ކާޑު ހެއްދުމަށް ކައުންސިލްތަކުން އެދެވުނު ނަމަވެސް މިހާރު އެ ޚިދުމަތް ބަންދުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ކައުންސިލެއް މެދުވެރިކޮށްވެސް އައިޑީ ކާޑު ހައްދަން ރައްޔިތުންނަށް އެދެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށާއި މި ޕޯޓަލް މިމަހުގެ 18 ވަނަ ދުވަހު އިފްތިތާޙްކުރެވޭނެކަމަށެވެ.

މިދިޔަ ސަރުކާރުން ކޯވިޑް-19އާ ގުޅިގެން އައިޑީ ކާޑު ހެއްދުމާއި އައު ކުރުމުގެ ޚިދުމަތަށް އެދުން އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލުކުރުމުން، އައިޑީ ކާޑު ހައްދަން ކައުންސިލްތަކުގެ ކިބައިން ނޭދެވޭ ކަމަށް ޢާލީ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުން ތަކުލީފަކަށްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް