އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންކަރިންގ ޚިދުމަތް ފެށުމަށް އެމްޕީއެލްއިން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ޕޯޓަށް ގެންގޮސްފި

ބަންކަރިންގ ޚިދުމަތް ފެށުމަށް އެމްޕީއެލްއިން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ޕޯޓަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު މިއަދު ކުޅުދުއްފުށި ޕޯޓަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށި ޕޯޓަށް މި ދެ އުޅަނދު ގެންދިއުމުން ވޯޓާ ސެލިއުޓެއް ދީފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ދެ އުޅަނދުގައި ތިބި ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުހަބާ ކިޔާފައިވަނީ އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އާއި މެނޭޖްމަންޓުގެ ބައެއް ބޭފުޅުން ކަމަށްވެސް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

އެމްޕީއެލްއިން ބުނާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ބަންކަރިންގ ޚިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މި ޚިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތްވެސް މި މަހުގެ 15 ވަނަ ދުވަހު ނިމޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ދިނުމަށް އެމްޕީއެލްއިން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދަށް މުހިންމު ޚިދުމަތަކަށްވާތީ އެމްޕީއެލްއިން މިކަން ބަލަނީ ޤައުމީކަމެއްގެ ގޮތުގައި ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު