އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުންނެވީ ޢިލްމަށް ލޯބި ކުރައްވާ ވެރިއެއް: ޢަބްދުއްރަޙީމް

ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުންނެވީ ޢިލްމަށް ލޯބި ކުރައްވާ ވެރިއެއް: ޢަބްދުއްރަޙީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުންނެވީ ޢިލްމަށް ލޯބި ކުރައްވާ، ޢިލްމުގެ ރޮނގުން ޙާސިލްކުރެއްވޭނެ އެންމެ މަތީ ސަނަދު ހޯއްދަވައިގެން ހުންނެވި ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ވިލާ ކޮލެޖުގައި އަލަށް ތަޢާރަފްކުރި ދެ ޕްރޮގުރާމެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެރިއަކަށް ހުންނެވީ ޢިލްމަށް ލޯބި ކުރައްވާ، ޢިލްމުގެ ރޮނގުން ޙާސިލްކުރެއްވޭނެ އެންމެ މަތީ ސަނަދު ހޯއްދަވައިގެން ހުންނެވި ވެރިއެއްކަމަށާއި އެފަދަ ބޭފުޅެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވުމަކީ ކިޔަވާ ދަރިވަރުންނަށް ލިބޭ ނަސީބެއްގެގޮތުގައި ޢަބްދުއްރަޙީމް ސިފަކުރެއްވިއެވެ.

"ސިޔާސީ ޢިލްމަކީ ވަރަށް ފުޅާ އެއްޗެއް. ވެރިކަމުގެ ނިޒާމުތައް އެކުލެވޭ ގޮތާއި ސަރުކާރުގެ އޮނިގަނޑާއި ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމާއި ޚާރިޖީ ގުޅުންތަކާއި އިންސާނީ ޙައްޤުތަކާބެހޭ މަޢުލޫމާތު މި ޢިލްމުގައި ހިމެނޭ. މިފަދަ ޕްރޮގުރާމެއް ތަޢާރަފްވެގެން ދިޔުމަކީ ރާއްޖޭގެ ސިޔާސީ މުސްތަޤުބަލަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅު ކުރައްވަނީ ޤައުމުގެ މުހިންމު ކަންކަމަށް ގޮތް ނިންމާވާނީ ޢިލްމީ ދިރާސާތަކެއް ކުރުމަށް ފަހުގައިކަމަށްވ ވެސް  ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު