އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު އިތުރުވެފައިވާކަމަށް މިދިޔަ ޖުލައި މަހުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. މުދަލު ޒަކާތުގެ ގޮތުގައި  ޖުލައި މަހުގެ 15.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.


މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 66.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.1 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 58.6 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ދީނީ ވާޖިބެއްކަން މީރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ވެފައިވާ ކޮންމެ މީހެއްގެ މައްޗަށް މުދަލު ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ. މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,353.40 ރުފިޔާކަން މީރާއިން ވަނީ އާންމުކޮށްފައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މުދަލު ޒަކާތް ދޭ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިކަމަކީ އިސްލާމީ މުޖުތަމަޢުއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު