އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނުގައި އޮފީސްތަކާއި ރިސޯޓުތަކަށް ޚާއްސަ ކެޓަގަރީއެއް ތަޢާރަފްކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނުގައި އޮފީސްތަކާއި ރިސޯޓުތަކަށް ޚާއްސަ ކެޓަގަރީއެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ދިރާގުން އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 15 ވަނަ އެޑިޝަނުގައި އޮފީސްތަކާއި ރިސޯޓުތަކަށް ޚާއްސަ ޓީމު އިވެންޓު ކެޓަގަރީއެއް ތަޢާރަފްކޮށްފިއެވެ.

މިއަހަރުގެ ރޯޑް ރޭސް އިޢުލާނުކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިކެޓަގަރީގެ ދަށުން ވާދަކުރެވޭނީ ޓީމު ކެޓަގަރީގައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންމެ ރިސޯޓަކުން ނުވަތަ އޮފީހަކުން ވެސް 4 މީހުންގެ ޓީމެއް މިދުވުމުގައި ބައިވެރިކުރެވޭނެއެވެ. އަދި ބޭނުން އަދަދަކަށް ޓީމުތައް ބައިވެރިކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތެއް ބިނާވެ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުން. މި ދުވުމުގެ 15ވަނަ ސިލްސިލާ މިފަހަރު ބޭއްވިގެންދާއިރު މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސް/ރިސޯޓް ޓީމްކެޓެގަރީ ހިމަނާފައިވާނެ. މީގެ މަޤްސްދަކީ އޮފީސްތަކާއި ރިސޯޓްތަށް ޓީމެއްގެ ގޮތުގައި އެ މުއަށްސަސާގެ މުވަޒަފުންނަށް، ތަމްސީލިކުރުމުގެ ފުރުސަތު ވާދަވެރި މާހައުލެއްގައި ހުޅުވައިލުން." މިރުޝާން ވިދާޅުވިއެވެ.

މިހާތަނަށް މި ދުވުމުގައި ކުރިއަށްދިޔައީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ އަދި ހާފް މެރެތަން ކެޓަގަރީއެވެ. އަލަށް ތަޢާރަފްކުރި އޮފީސް ރިސޯޓުތަކުގެ ކެޓަގަރީން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވަގުތަށް ބެލުމަށްފަހު އެންމެއަވަހަށް ނިންމާ ޓީމަކަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވާދަކުރާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ނުވަތަ މާދަމާ ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 4000 ބައިވެރިންނަށް މިފަހަރު ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު