އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޗް އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" އަށް އަޕްގްރޭޑް ކޮށްފި

ފިޗް އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" އަށް އަޕްގްރޭޑް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް" އިން ދިވެހިރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" އަށް އަޕްގްރޭޑް ކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށެވެ.

ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ދަށްވެފައިވެއެވެ. އަދި ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ، އެ ޢަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތަކުގެ ތެރޭގައި ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ އިތުރުވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްތަކަށް ކުރާ ޚަރަދު ބޮޑުވުން ހިމެނެއެވެ. މީގެ ސަބަބުން ޑޮލަރުގެ ޑިމާންޑު ބޮޑުވެފައިވާކަން ފިޗްއިން ފާހަގަކޮށްފައިވެއެވެ.

ފިޗްގެ ރިޕޯޓުގައި މިހާރުގެ މާލީ ޙާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާރޓްނަރުންނާއި އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީ ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަންވެސް ހާމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު