އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ރާއްޖޭގެ ބޭންކުތަކުން ދޫކުރި ލޯނުގެ ޢަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު ވަނީ 12 އިންސައްތައަށް އަރާފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ. ޖޫން މަހު މި އަދަދު ހުރީ 11 އިންސައްތައިގައެވެ.
ރިޕޯޓުގައިވާ ގޮތުން، ލޯނު ދޫކުރި ޢަދަދު އިތުރުވެފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާ، ޢިމާރާތްކުރުމުގެ ދާއިރާ، އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އަދި ރިއަލް އެސްޓޭޓްގެ ދާއިރާއެވެ.
މީގެ ތެރެއިން ލޯނު ދޫކުރި ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޢިމާރާތްކުރުމުގެ ދާއިރާއިންނެވެ. އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދާއިރާއަށް ލޯނު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ މިއަހަރު ތެރޭގައި ގިނަ ޢަދަދެއްގެ ޢިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫޢުތައް ފަށާފައިވުމެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޢިމާރާތްކުރުމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން ފެންނަމުންދާ ކުރިއެރުމަކީ ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ރަނގަޅު ނިޝާނެއް ކަމުގައި އިޤްތިޞާދީ މާހިރުން ދެކެއެވެ.
Advertisement
6 ސެޕްޓެމްބަރ 2024