އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފިއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމް.އެމް.އޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 45 މިލިޔަން ޑޮލަރެވެ. ނަމަވެސް އޯގަސްޓް މަހު ނިމުނުއިރު މި އަދަދު ވަނީ 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
މީގެ އިތުރުން، ދައުލަތުގެ ޖުމްލަ ރިޒާވްގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެމް.އެމް.އޭ އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ 7 މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 395 މިލިޔަން ޑޮލަރެވެ. ނަމަވެސް އޯގަސްޓް މަހުގެ ނިޔަލަށް މި އަދަދު ވަނީ 444 މިލިޔަން ޑޮލަރަށް އަރާފައެވެ.
މި އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ހިތްވަރެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވަމުން އައުމާއެކު، ރަސްމީ ރިޒާވް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެއެވެ.
ރަސްމީ ރިޒާވް އިތުރުތުރުވުމުން ރާއްޖޭގެ އިޤްތިޞާދީ ހަރުދަނާކަން އިތުރުވެ، ބޭރުފައިސާގެ ރިޒާވް ހަރުދަނާވެގެންދާނެކަމަށް އެމް.އެމް.އޭ އިން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރުފިޔާގެ އަގު ހިފެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް ލަފާކުރެވެއެވެ.
Advertisement
8 ސެޕްޓެމްބަރ 2024