އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ 4 ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރުއެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި، އޭގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މީގެއިތުރުން، އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަސްޓަމްސްއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު