އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު
މިއަހަރުގެ ޖުލައިމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 364 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އިއްޔެ ހާމަކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، ޖުލައިމަހު މަހު ރާއްޖެއަށް 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ.
ޖުލައިމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. އެގޮތުން ޔޫ.އޭ.އީން 991 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިން ކަމަށްވާއިރު، އެ ޤައުމުން 766 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 681 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
މީގެ އިތުރުން ސިންގަޕޫރުން 356 މިލިޔަން ރުފިޔާގެ މުދަލާއި، ސްރީ ލަންކާއިން 254 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެހެންނަމަވެސް، ޖުލައިމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ވަނީ ދަށްވެފައެވެ. ކަސްޓަމްސްގެ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އިމްޕޯޓު ވިޔަފާރި ދަނީ ކުރިއަރަމުންނެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
Advertisement
7 ސެޕްޓެމްބަރ 2024