އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚުލާޤު ދިރިވުމަށް ރައީސް ގެންގުޅުއްވަނީ ޤައުމަށް ބޭނުންތެރި ތަސައްވުރެއް: ޑރ.ޝަހީމް

އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚުލާޤު ދިރިވުމަށް ރައީސް ގެންގުޅުއްވަނީ ޤައުމަށް ބޭނުންތެރި ތަސައްވުރެއް: ޑރ.ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚުލާޤު ދިރިވުމަށް ރައީސް ގެންގުޅުއްވަނީ ޤައުމަށް ބޭނުންތެރި ތަސައްވުރެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް މިރޭ ހއ. އުތީމުގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާަޅުވީ، ވިދާޅުވީ ޤައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޙައްމަދުތަކުރުފާނުގެ ސިޔަރަތުން އަދުގެ ޖީލު ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، މުޙައްމަދު ތަކުރުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއްކަމަށާއި ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަޚުސިއްޔަތެއްކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާަޅުވީ، އުތީމަކީ ދިވެހި އުއްމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއްކަމަށާއި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރު ކަމަށެވެ. އަދި މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު