އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެންގެ ކުރިމަތީގައި ފަލަޞްޠީނުގެ ނަސްލު ނައްތާލަމުންދާ އިރު އެކަން ނުހުއްޓުވިދާ ކަމީ އިންސާނިއްޔަތުގެ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ހާދިސާ!: ޑރ. ޝަހީމް

އެންމެންގެ ކުރިމަތީގައި ފަލަޞްޠީނުގެ ނަސްލު ނައްތާލަމުންދާ އިރު އެކަން ނުހުއްޓުވިދާ ކަމީ އިންސާނިއްޔަތުގެ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ހާދިސާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކުޑަކުއްޖެއް، މުސްކުޅިއެއް، އަންހެނަކަށް ބެލުމެއް ނެތި ފަލަސްޠީނު ރައްޔިތުންގެ ނަސްލު ނައްތާލަމުންދާއިރު، އަދި އެކަމަށް އަހަރުތައް ފުރެމުންދާއިރުވެސް ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވި ދާކަމީ ﷲ ތަޢާލާގެ ކޯފާ އާއި ގަދަފަދަ ޢަޛާބް ޙައްޤުވެގެންދާ ކަމެކެވެ. ހަމަ އެއާއިއެކު އެކިއެކި ޙައްޤުތަކުގެ ޖަމާޢަތްތައް މިހާ ގިނަވެފައިވާ ޒަމާނެއްގައި ދުނިޔެ ލަދުވެތިވާންޖެހޭ ކަމެކެވެ. 

ޚާއްޞަކޮށް ބާރުހުރި މުސްލިމްވެރިންގެ ޙަޤީޤަތް އެނގިގެންދާ ކަމެކެވެ. މުސްލިމުންގެ ޢަދަދު ގިނަނަމަވެސް ކަނޑުގެ ފޮނު ފަދަ އެއްވެސް އަމިއްލަ ބާރެއް ނެތް އެއްޗަކަށް މުސްލިމުން ވެގެންދާނެކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަންވެސް މިއަދު މިއަންނަނީ ފެންނަމުންނެވެ. 

މިކަންކަން ބަޔާންކުރައްވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅު:

މުޅި ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ފަލަޞްޠީނުގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން މަރައި ނަސްލު ނައްތާލަމުންދާ އިރު މިކަން ނުހުއްޓުވިދާ ކަމީ އިންސާނިއްޔަތުގެ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ހާދިސާ. ފަލަޞްޠީނުގެ ރައްޔިތުންނަށް ރަޙުމަތް ލައްވާށި.އާމީން.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އުޚްދޫދުގެ އަހްލުވެރިންގެ ވާހަކަ ސޫރަތުލް ބުރޫޖުގައި ބަޔާން ކުރައްވާފައިވެއެވެ. އެރަށުގެ އަހްލުވެރިން ވަޅުގަނޑެއް ކޮނެފައި މުސްލިމުން އެވަޅުގަނޑުގެ ތެރެއަށް އަޅާ ދިރިތިއްބާ އަންދާލީއެވެ. އަދި ރަށުގެ އަހްލުވެރިން ތިބީ ވަޅުގެ ވަށައިގެން އިށީނދެ ކުޅިބަލާ މަޖާކުރާށެވެ. 

ނަތީޖާ އަކަށްވީ, الله ގެ ގަދަ ހިއްޕެވުން އެބައިމީހުންގެ މައްޗަށް އައިސް އެބައިމީހުން އެންމެން އެއްކޮށް ހަލާކުވެގެން ދިޔުމެވެ. މިއަދު ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ބޮޑެތި އަނިޔާތައް ދެވި, އެތައްބަޔަކު މަރާކުދިކޮށް ހަދަމުންދާއިރު, އެކަމާ އަޅާނުލާ, އެއީ އެމީހުންގެ އަމިއްލަ ކަމެއް ކަމުގައި ބުނެ ތިބޭ މީހުންނެކޭ އުޚްދޫދުގެ އަހްލުވެރިންނެކޭ ހުރީ ކޮންތަފާތެއްތޯއެވެ؟

ވިސްނާ ފިކުރުކުރައްވާށެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ. ތިބާގެ އަޚުންނާއި އުޚްތުންނާއި މެދުގައި ކަންތައް ކުރިގޮތާއި މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެއެވެ. އެދުވަހުން ދޮގެއް ނުހެދޭނެއެވެ. ތިމާގެ ހުރިހާ ގުނަވަންތަކެއް ހެކިބަސްދޭނެއެވެ. ދުނިޔަވީ ވަގުތީ ލައްޛަތަށްޓަކައި އާޚިރަތް ނަގާލާ ބަޔަކު ކަމުގައި ނުވާށެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު