އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ސުވަރުގެއިން އެމީހާ ބޭނުންވާ ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭނެ ދުޢާއެއް ހަދީޘުން!

ހަނދުމަކޮށްދިނުމެއް!: ސުވަރުގެއިން އެމީހާ ބޭނުންވާ ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ލިބޭނެ ދުޢާއެއް ހަދީޘުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އުމަރު ބުނި ޙައްޠާބް ރަޟިއަﷲ ތަޢާލާ އަންހުގެ އަރިއަހުން ރިވާވެގެންވެއެވެ.  

ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިއެވެ. 

"ތިއަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ފުރިހަމައަށް ވުޟޫއެއް ކުރުމަށްފަހުގައި، ދެން އެއަށްށްފަހު އޭނާ ވުޟޫކޮށް ނިންމާފައި  

"أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ". 

ވުޟޫ ދުޢާގައި މިމިންވަރަށް ކިޔާކަމުގައި ވީނަމަވެސް އޭގެ ދަރަޖައެއްގެ ގޮތުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ "ވުޟޫކޮށް ނިމިގެން މިދެންނެވި ދުޢާ ކިޔައިފިކަމަށްވަނީނަމަ އެމީހަކަށްޓަކައި ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގޭގެ  8 ދޮރުކޮޅު ހުޅުވާދެއްވާނެ ކަމަށް! އެދޮރުކޮޅުން ކުރެން ކޮންމެ ދޮރުކޮޅަކުން އެމީހަކު ސުވަރުގެ ވަނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ފުރުސަތު ދެއްވާނެ ކަމަށް!" 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފއިވާ ޚާއްޞަ ދަރުސަކުން 

ކިތަންމެ އަވަދިނެތި އުޅެމުންވެސް ޥުޟޫކޮށްފިނަމަ މިދުޢާ ނުކޮށް ދޫކޮށްނުލާށެވެ. ދެއްވަވަން އޮތް ރަޙްމަތް ހާދަހައިވާ ބޮޑެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް