އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާގެ ނިންމެވުންތަކަށް ޝައްކުކޮށް ޢަމަލުނުކުރުމަކީ ދުނިޔޭގައިވެސް ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހުވެސް ދެރަގޮތްތައްމެދުވެރިވެ ކަރުނައަލަންޖެހޭނެ ކަމެއް!

ﷲ ތަޢާލާގެ ނިންމެވުންތަކަށް ޝައްކުކޮށް ޢަމަލުނުކުރުމަކީ ދުނިޔޭގައިވެސް ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހުވެސް ދެރަގޮތްތައްމެދުވެރިވެ ކަރުނައަލަންޖެހޭނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވަމުންގޮސް އެއްބައަކު މިވަނީ ހައްދު ފަހަނައަޅައިފައެވެ. އެފަދަ މީހުންގެ ކުރިމަތީގައި އެމީހުންނަށް އޮތް ހަމައެކަނި ތަނަކީ ދުނިޔެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ދުނިޔެ ޙާޞިލްކުރެވިއްޖެނަމަ އެމީހުން ދެކެނީ އެމީހުންނަށް ކާމިޔާބުލިބުނީ ކަމަށެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހިތާއި އަމަލުތައް ވަރަށް ބޮޑަށް ތަފާތުކުރާ ބައެކެވެ. ހިތުގައި އިސްލާމް ދީނަށް ލޯބި ނެތި، ﷲ ތަޢާލާއަށް ޝައްކުކުރަމުން ތިމާއަކީ ފުރިހަމައަށް އިސްލާމްވެގެންހުރި މުސްލިމަކުކަމުގައި އެބަ ބުނެއެވެ.

އަނެއް ބައަކު ތިމަންމެންނަނަކީ މުސްލިމުންކަމަށް ބުނަމުން އިސްލާމް ދީނުގެ ޢަދާވާތްތެރިނެގެ ކަންކަމަށް އެބަ ތާއީދުކުރެއެވެ. އެފަދަ މީހުންގެ ގާތަށްގޮސް އެމީހުންގެ ރުހުން ހޯދަން އެބަ މަސައްކަތްކުރެއެވެ. އެފަދަ މީހުން ދައްކާ ވާހަކަތަކަށް އެބަ ތާއީދުކުރެއެވެ.

މިފަދަ ކޮންމެ ކަމަކީ މުނާފިޤުންގެ ސިފައެކެވެ. އެފަދަ މީހުންނަށް 3 މަރުޙަލާގައިވެސް ގަދަފަދަ ޢަޛާބު ދެއްވަވާނެތެވެ.

"..ތިމަންރަސްކަލާނގެ އެއުރެން ދެނެވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް ދެފަހަރު ޢަޛާބު ދެއްވަވާހުށީމެވެ. ދެން ބޮޑުވެގެންވާ ޢަޛާބެއްގެ ތެރެއަށް އެއުރެން ރައްދުކުރައްވަވާ ހުއްޓެވެ." (އައްތައުބާ: 101)

ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި މި އާޔަތުގެ މާނައަކީ އެފަދަ މީހުންނަށް 3 މަރުޙަލާއެއްގައި ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމެވެ. އެއީ 1 ދުނިޔޭގައި އެމީހަކު ނިކަމެތި ކުރައްވަވާނެކަމާއި 2 ކައްވަޅުގައި ޢަޛާބު ދެއްވަވާނެކަމާއި 3 ޤިޔާމަތް ދުވަހު ނަރައަށް ވައްދަވާނެކަމެވެ.

ވީމާ މުސްލިމުން ތިބެންޖެހޭނީ ފިސާރި ސާބިތުކަންމަތީގައެވެ. މުނާފިޤަކަށްވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވެގެންނެވެ. މިއާޔަތުގައި މިވާ 3 މަރުޙަލާގެ ޢަޛާބުން ސަލާމަތްވެވޭނީ އެއިރުންނެވެ.

--ބިލާލް އަސްއަދުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް