އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު
ތައުޙީދުގެ މަތިވެރިކަން-
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
"ދުނިޔޭގައި ދިމާވާ ދަތިއުނދަގޫތައް އެންމެ ބޮޑަށް އެއްކިބާކުރުވާ ކަމަކީ ތައުޙީދެވެ. (ﷲ ގެ އެއްކައުވަންތަކަމަށް އިޤުރާރުވުމެވެ.) އެހެންކަމުން ބޮޑެތި މުޞީބާތްތައް މެދުވެރިވެގެން ކުރާ ދުޢާގައިވެސް ވަނީ ތައުޙީދެވެ. އަދި ޔޫނުސްގެފާނު ކުރެއްވި ދުޢާގައިވެސް ވަނީ ތައުޙީދަށް އިޤުރާރުވުމެވެ. ބޮޑުކަމެއް ދިމާވެގެން އެ ދުޢާކޮށްފި މީހެއްގެ ދަތިކަން ﷲ ތަޢާލާ ފިއްލަވާދެއްވައެވެ. އެއީ ތައުޙީދުގެ މަތިވެރިކަމުގެ ސަބަބުންނެވެ."
[الفوائد لابن القيم (ص: 53)].
ނޯޓު:
•ބޮޑެތި މުޞީބާތްތައް މެދުވެރިވެގެން ކުރާ ދުޢާގެ ގޮތުގައި (دعاء الكرب ގެ ގޮތުގައި) މަޝްހޫރުވެފައިވާ ދުޢާއަކީ އަންނަނިވި ދުޢާއެވެ.
«لاَ إِلَهَ إِلَّا اللَّهُ العَظِيمُ الحَلِيمُ، لاَ إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ، وَرَبُّ العَرْشِ العَظِيمِ»
[رواه البخاري (6345)]
މާނައީ: "ﷲ ފިޔަވާ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އެއިލާހީ العَظِيمُ (އެންމެ މަތިވެރިވެވޮޑިގެންވާ) الحَلِيمُ (ޙަލީމުވަންތަ އިލާހު) އެވެ. ﷲ ފިޔަވާ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އެއީ އުޑުތަކާއި ބިމުގެ ރައްބެވެ. އަދި މަތިވެރިވެގެންވާ ޢަރުޝީގެ ރައްބެވެ."
•އަދި ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވި ދުޢާއަކީ އަންނަނިވި ދުޢާއެވެ.
﴿لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ [سورة الأنبياء ٨٧]
މާނައީ: "އިބަ އިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މި އަޅާ ވީމެވެ."
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
Advertisement
29 ސެޕްޓެމްބަރ 2024