އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ނިމި މިހިސާބަށް އައިއިރުވެސް އެންމެ ފަހަރަކުވެސް މިފަދައިން ދުޢާކޮށްފިން ހެއްޔެވެ؟

ރަމަޟާން މަސް ނިމި މިހިސާބަށް އައިއިރުވެސް އެންމެ ފަހަރަކުވެސް މިފަދައިން ދުޢާކޮށްފިން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަހިފައި ނިމި މިހިސާބަށް އާދެވުނުއިރު މިވަނީ 100 ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައެވެ. އެންމެފަހަރަކުވެސް މިފަދައިން ދުޢާކޮށްފިން ހެއްޔެވެ؟  

"ޔާ ﷲ! ރަމަޟާން މަހު މިއަޅާ ވާނީ އިނބަ ﷲ މިއަޅާގެ މައްޗަށް ފަރުޟުކުރެއްވެވި ރޯދަހިފައި މިއަޅާއަށް ކުރެވުނުހައި ހެޔޮ ޢަމަލުތަކެއް ކޮށްފައެވެ. މިއަޅާއަށް ކުރެވުނު މިންވަރު އިނބަ ﷲ ދެނެވޮޑިގެންވަމުއެވެ. ނުކުރެވުނު މިންވަރަށް ޢަފޫކުރައްވަވާނދޭވެ!  

ޔާ ﷲ! މިއަޅާ ހިފި ރޯދައާއި މިއަޅާއަށް ހެޔޮ ޢަމަލު ކުރެވުނު މިންވަރު ޤަބޫލުފުޅު ކުރައްވަވައި ރަމަޟާން މަހު ފާފަ ފުއްސަވައި ދެއްވެވި އަޅުންގެތެރޭގައި މިއަޅާ ހިމަނުއްވަވައިދެއްވަވާނދޭވެ! ޢާމީން."  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހާއި ވިދިގެން އަންނަ 6 މަސްދުވަހު ޞަޙާބީން ތިއްބެވީ މިފަދައިން ދުޢާކުރެއްވެވުންމަތީގައެވެ. ޖެހިގެން 6 މަސްދުވަހު ތިއްބެވީ އަންނަ ރަމަޟާން މަހާއި ބައްދަލުވެ ހެޔޮ ޢަމަލުކުރެއްވުމުގެ ފުރުޞަތު ދެއްވެވުން އެދި ދުޢާކުރެވެވުންމަތީގައެވެ. މިއީ ހަމަ އަހުރެމެންވެސް ޢަމަލުކުރަން އޮތްގޮތެވެ.  

ރަމަޟާން މަހުގައި އެކަށީގެންވާވަރަށް ހެޔޮ އަމަލުތައް ނުކުރެވުނު މީހުންވެސް މާޔޫސްވެ އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ރަނގަޅު ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުންމަތީގައި ދެމިހުންނަ މީހަކަށް ﷲ ތަޢާލާ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް