އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ދުޢާ ޢިޖާބަކުރައްވަވައި ބޭނުންތައް ފުއްދަވައި ދެއްވަވާނެކަން ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތް ޛިކުރެއް!

ހަނދުމަކޮށްދިނުމެއް!: ދުޢާ ޢިޖާބަކުރައްވަވައި ބޭނުންތައް ފުއްދަވައި ދެއްވަވާނެކަން ޙަދީޘްފުޅުން ޔަޤީންކުރެވެން އޮތް ޛިކުރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ކަންކަމަށް އެދި ދުޢާކުރަން ބޭނުންވުމުން އަބަދުވެސް މިދެވެނީ ކޮންމެވެސް މީހެއްގެ ފަހަތުންނެވެ. ކޮށްލަން ރަނގަޅު ދުޢާއެއް ހޯދާލަން ބޭނުންވާތީއެވެ. އެއީވެސް ހަމަ ކުރަން އެންމެ ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ޙަދީޘްފުޅުންތަކުން ފެންނަން ހުރި މިފަދަ ދުޢާތައްވެސް ކުރަމުން ގެންދާށެވެ! 

ދުޢާ: 

އެ ޛިކުރެއް މެދުވެރިކޮށް ކުރާ ދުޢާ އިޖާބަ ކުރެވޭ ޛިކުރެއް:   

މިޒިކުރުކިޔުމާއި ވިދިގެން ހެޔޮ ދުޢާ ކުރާށެވެ. އޭރުން ﷲ އެދުޢާއެއް އިޖާބަކުރައްވާނެތެވެ. 

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ ألَّذِي لَا إِلَهَ إِلَّا أَنْتَ، الأَحَدُ الصَّمَدُ، الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ،  

އޭ ﷲ އެވެ! ހަމަކަށަވަރުން އިބައިލާހީ އެ އިލާހަކު ފިޔަވާ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާ ﷲ ކަމަށާއި، އިބައިލާހީ އެއްކައުވަންތަ އަދި އެހެން ފަރާތްތަކަށް ޙާޖަތަކަށް ބޭނުންވެވޮޑިގެންނުވާ، އިބައިލާހަށް އެހެން ފަރާތްތަކުން ކަންތައްތަކަށް ބޭނުންނުވާފަރާތް ކަމަށާއި، އިބައިލާހަށް ބަފަޔަކު އަދި ދަރިޔަކު ނުވާ އަދި އިބައިލާހާއި އެއްފަދަ އެހެން އެއްވެސް ފަރާތެއްނުވާ އިލާހުކަމަށް މިއަޅާ ހެކިވާ ހެކިވުން މެދުވެރިކޮށް އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.  

މީހަކުމި ޛިކުރު ކިޔަނިކޮށް އަޑު އިވިވަޑައިގެންނެވި ހިނދު ރަސޫލުﷲ   ޙަދީޘް ކުރެއްވިއެވެ.

قَدْ سَأَلَ اللَّهَ بِاسْمِهِ الأعْظَمِ, الَّذِي إِذَا سُئِلَ بِهِ أَعْطَى، وَإِذَا دُعِيَ بِهِ أَجَابَ 

ހަމަކަށަވަރުން އޭނާ ﷲ އަށް ދުޢާ ކުރީ އެއިލާހުގެ އެންމެމަތިވެރި އިސްމުފުޅުންނެވެ. އެ އިސްމުފުޅުން އެދޭކަންކަން ފުއްދަވާ ދެއްވައެވެ. އަދި ކުރެވޭ ދުޢާ އިޖާބަ ކުރައްވަތެވެ.   

رواه أبو داود والترمذى وصحيحة الشيخ الأبانى

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް