އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނިތަކުން ސަލާމަތްވެވޭނެ މަގެއް ދެއްކެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ދަރަނިތަކުން ސަލާމަތްވެވޭނެ މަގެއް ދެއްކެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ދަރަނިވެރިވުން އޮތީ ދަރަނިވެރިނުވެ ފުއްދޭނެ އެއްވެސް އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. އެޙާލަތުގައިވެސް ދުނިޔަވީ ކަންކަން ފުރިހަަމކުރުމަކަށް ނޫނެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. އަދި އެކަމަށް ކިރިޔާ ފުދޭނެ މިންވަރަކަށެވެ.

ނަމަވެސް ބޭންކުތަކުން ތަފާތު ނަންނަމުގައި ލޯނުތައް ދިނުމުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ގިނަބައަކު އަންނަނީ ލޯނު ނަގަމުންނެވެ. ފަހުން އަގުދައްކާގޮތަށް ނުވަތަ ދިގު މުއްދަތަކަށް ބަހާލައިގެން އަގުދައްކައި ނިންމާ ގޮތަށް ހަމައަގަށްވުރެ އެތައް ގުނައެއް ބޮޑުގައި ގިނަ ބައަކު އަންނަނީ ތަކެތި ގަންނަމުންނެވެ. ނުވަތަ ދަރަންޏަށް ތަކެތި ހޯދަމުންނެވެ. ކޮންމެ ނަމެއް ކިޔަސް ކަމުގެ އަޞްލަކީ ދަރަނިވެރިވުމެވެ.

ޤަބޫލުކުރިނަމަވެސް ނުކުރިނަމަވެސް ތަހްޒީބުގެ ނަމުގައި އަހަރެމެންގެ ތެރޭގައި އުފެދިފައި މިވަނީ ރިބާ އާއި ދަރަނީގެ ނުރައްކައުތެރި ކޮޅިގަނޑެކެވެ. އެކޮޅިގަނޑުގެ ޝިކާރައަކަށް ވާން ގިނަ ބައަކަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ.

ލިބޭ އާމްދަނީނެ ދެކޮޅު ޖައްސައި ދަރަނި އަދާކުރެވޭނެ ކމަށް ބަލައިގެން ހުއްޓާ ކުއްލިއަކަށް އައިސް ބައްދަލު ކުރަނީ ހީވެސް ނުކުރެވި އޮތް ކަންތައްތަކެކެވެ. ވަޒީފާވަޒީފާވެސް ގެއްލެނީއެވެ. ކުރަމުން އަންނަ ވިޔަފާރި ހީނަރުވެ ބަނގުރޫޓުވެގެން ދަނީއެވެ.

ކުރިމަތިވަމުން އަންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ދަރަނިވެރިވެފައިވާނަމަ ކުރިއާލައި ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދާށެވެ!

(للّهُـمَّ اكْفِـني بِحَلالِـكَ عَنْ حَـرامِـك، وَأَغْنِـني بِفَضْـلِكِ عَمَّـنْ سِـواك)

(މާނައީ: "ޔާ ﷲ! އިނބަ ﷲ ޙަރާމްކުރެއްވެވި ކަންތަކުގެ ބަދަލުގައި އިނބަ ﷲ ޙަލާލްކުރެއްވެވި ކަންތަކުން މިއަޅާ ފުދުންތެރިކުރައްވަވާނދޭވެ! އަދި އިނބަ ﷲ ފަޟްލްވަންތަވެރިކަމުން މިއަޅާ އިނބަ ﷲ ފިޔަވައި އެހެންފަރާތްތަކުން ފުދުންތެރިކުރައްވަވާނދޭވެ!")

ކުރިމަތިވާ ދަތިތަކުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް